ޗެލްސީގެ ކޯޗުގެ މަގާމާއި ތޯމަސް ޓުޗެލް ހަވާލުވިފަހުން 14 މެޗު ބަލިނުވެ ޗެލްސީއިން ދަމަހައްޓަމުން އައި ރެކޯޑް ވެސްޓް ބްރޮމްއިން ނިމުމަކަށް ގެނެސްފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މި ދެ ޓީމު ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސްޓް ބްރޮމްއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީއިންނެވެ. އެގޮތުން މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ތިއާގޯ ސިލްވާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން ޗެލްސީއިން މެޗުގެ ބާކީ ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުއެވެ.

ވެސްޓް ބްރޮމްއިން ކުޅުން ރަނގަޅުކޮށް އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މެތަޔަސް ޕެރޭރާއެވެ. އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާ ވެސްޓް ބްރޮމްއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގައި ޗެސްޓް ބްރޮމްއިން ވަނީ 63 ވަނަ މިނެޓުގައި ކެލަމް ރޮބިންސަން ޖަހައިދިން ލަނޑުން އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. އެމްބަޔޭ ޑިއާންޔޭ ވަނީ 68 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ވެސްޓް ބްރޮމްއަށް ހަތަރު ލަނޑު ހަމަކޮށްދީފައެވެ. 71 ވަނަ މިނެޓުގައި ބެންޗުން އެރި މޭސަން މައުންޓް ޗެލްސީގެ ދެވަނަ ލަނޑު ޖަހައިދިންއިރު ކެލަމް ރޮބިންސަން ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވެސްޓް ބްރޮމްގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ 30 މެޗުން ލިބުނު 51 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. އެހެން ނަމަވެސް ވެސްޓް ހަމް ދެން ކުޅޭ މެޗުން މޮޅުވެއްޖެނަމަ ޗެލްސީ ފަސްވަނައަށް ވެއްޓޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *