ނަރުދަމާ ނިޒާމް ނިންމުން ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ

ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫގެ ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ސ. ފޭދޫގައެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއާއި، ޕްލޭނިންގް މިނިސްޓްރީގެ އިސްވެރިންނާއި، ސީއީއޯ އާދަމް އާޒިމްއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ސަޢީދު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 1.978 ގެއަށް ހޮޅި ގުޅައިދިނުމާއި، 33،522 ނަރުދަމާ ހޮޅި ވަޅުލުމާއި، 314 މޭންހޯލް ކޮނުމާއި، 8،595 ޕްރެޝަރ ހޮޅި ވަޅުލުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ. މި މަޝްރޫއުއަށް 129،581 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމުނީ 11 އޮކްޓޯބަރ 2019 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *