ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މިހެން ވިދާޅުވީ މުޅި މަޖިލީހުގެ ކޮމިޓީގަ އެވެ. އެ ކޮމިޓީއަކީ ދައުލަތުގެ ދަރަނިތަކާ ގުޅޭ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރުން ހާޒިރުކޮށްގެން ކުރިއަށް ގެންދާ ކޮމިޓީއެކެވެ. 

ކޮމިޓީއަށް ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ވަޑައިގެން ތިއްބެވި އެވެ. 

މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީވާ ވަނީ ޗައިނާގެ އެކިއެކި ބޭންކުތަކުން ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ނަގާފައިވާ ލޯނުތަކުގެ ތަފްސީލް ކިޔައިދެއްވާފަ އެވެ. އެ ދަރަނީގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ. 

އީވާ ވަނީ ފަރުވާލެއް ނެތި ދައްކާނެ ގޮތެއް ނެތި ރަހުނު ކުރާ ގޮތެއް ނެތި ރާއްޖޭގެ ރައުސުއްމާލު ޗައިނާއާ މިހެން ވިއްކާލަން ޖެހުނީ ކީއްވެގެންތޯ ކުރީގެ ދެ މިނިސްޓަރުންނާ ސުވާލު ކުރައްވާފަ އެވެ. އީވާ ވިދާޅުވީ 500 މިލިއަން ޑޮލަރާ ގާތަށް މާލޭ ސަރަހައްދުގެ ބިން ޗައިބާއަށް އެބަ ދަރާފައިވާއިރު އެއީ ލޭންޑް ގްރޭބް ކުރުން ކަމަށެވެ. ޗައިނާގެ މި ދަންތުރާގައި އެންމެ ފަސް އަހަރުން ރާއްޖެ ޖެއްސީ ކީއްވެގެންތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ. 

ޗައިނާއަށް މިހާ ބޮޑު ދަރަންޏެއް ދައްކަނީ ކިހިނެއް ކަމެއް ކޯން އެއްޗެއް ދައްކާފައި ކަމެއް އެނގެން ނެތް ކަމަށާއި ދަރަަނި ނުދެއްކޭ ހާލަތެއްގައި ޗައިނާއިން ހަދަނީ ކިހިނެއްތޯ ކަމާމެދު ވެސް އީވާ ސުވާލު އުފެއްދެވި އެވެ. ޗައިނާއިން އައިސް ރާއްޖޭގެ ބޮޑެތި ރައުސުލްމާލްތަކާ ހަވާލުވާނީތޯ ވެސް ސުވާލު ކުރެއްވި އެވެ. 

މިކަންކަމަކީ ކުރީގެ ފިނޭންސް މިނިސްޓްރީއިން ޖިނާއީ ޒިންމާ އުފުލަން ޖެހޭ ކަމެއް ކަމަށާއި އެ ބޭފުޅުންނަށް ދައުވާ ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.