އެމެރިކާގައި ޓިކްޓޮކް ބޭންކޮށްފިނަމަ ކޯޓަށް ދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ މަޝްހޫރު ވީޑިއޯ ޝެއަރިންގ ސޯޝަލް ނެޓްވޯކް ބޭން ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެގޮތުން އެ އެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ޗައިނާގެ ސަރުކާރާ ހިއްސާކުރާ ކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ. 

ޓްރަމްޕް ވަނީ ޓިކްޓޮކާއެކު ވިޔަފާރި ނުކުރުމަށް އެމެރިކާގެ ހުރިހާ ކުންފުނިތަކަށް އަންގަވައި އެކަމާއި ގުޅޭގޮތުން އެގްޒެކްޓިވް އޯޑަރެއް ނެރުއްވާފައެވެ. އެގޮތުން ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި އެގޮތަށް އަމަލުކުރުމަށް އެމެރިކާގެ ވިޔަފާރިތަކަށް ޓްރަމްޕް އަންގަވާފައިވާއިރު މައިކްރޯސޮފްޓުން އަންނަނީ ޓިކްޓޮކް ގަތުމަށް މަޝްވަރާކުރަމުންނެވެ. އެހެންކަމުން ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި މައިކްރޯސޮފްޓުން ވެސް ވަކި ގޮތެއް ނިންމަން ޖެހެއެވެ. 

އެކަމާއި ގުޅިގެން ޓިކްޓޮކުން ބުނެފައިވަނީ އެ ކުންފުންޏާއި ދެކޮޅަށް ޓްރަމްޕް އެފަދަ އަމުރެއް ނެރުއްވުމުން ހައިރާންވާ ކަމަށާއި ރޫލް އޮފްް ލޯ ދެމެހެއްޓުމަށް ގާނޫނު ތަންދޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. ޓިކްޓޮކުން ބުނީ އެމެރިކާގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށް މަސައްކަތްކުރަމުންދާތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. ހަމައެހެންމެ ޗައިނާގެ ސަރުކާރާއި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ޗައިނާގެ މަޝްހޫރު ޗެޓް އެޕް ވީޗެޓާއި ދެކޮޅަށް ވެސް ޓްރަމްޕް ވަނީ މިފަދަ އެގްޒެކެޓިވް އޯޑަރެއް ނެރުއްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *