ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރ ތިއާގޯ އަލްކަންޓާރާ އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް އެ ކްލަބްގެ ކޯޗު ހާންސް ފްލިކް ދީފިއެވެ. 

ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލްއިން އޭނާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބަޔާންގެ ކޮންޓްރެކްޓް އޭނާ އާކޮށްފައިނުވާއިރު މިހާރު ހިނގަމުންދަނީ އޭނާގެ ކޮންޓްރެކްޓްގެ ފަހު އަހަރެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ފްލިކް ބުނީ ތިއާގޯއަކީ ސްޕެއިން އަދި ޖަރުމަނުގައި ކުޅެފައިވާ ކުޅުންތެރިޔެއް ކަމަށާއި އެފަދަ ކުޅުންތެރިޔަކު އިނގިރޭސިވިލާތުގައި ކުޅެން ބޭނުންވާނެ ކަމަށެވެ. އޭނާ ބަޔާން ދޫކޮށްލުން ވެގެންދާނީ އެ ކްލަބަށް ލިބޭ ބޮޑު ގެއްލުމަކަށް ކަމަށާއި ކުރިޔަށް އޮތް އަހަރުތަކުގައި ވެސް އޭނާ ބަޔާންގެ ޓީމުގައި ހުރުމަށް އެދޭ ކަމަށް ފްލިކް ބުނެފައިވެއެވެ. 

ތިއާގޯ އަންނަނީ މިވަގުތު ވެސް ބަޔާންއާއެކު ޔުއެފާ ޗެމްޕިއަންސް ލީގަށް ތައްޔާރުވަމުންނެވެ. އޭނާ ވަނީ މި ސީޒަނުގެ ބުންޑެސްލީގާ އަދި ޖަރުމަނު ކަޕް ބަޔާންއާއެކު ކާމިޔާބުކޮށްފައެވެ. 

އޭނާ ވަނީ ބަޔާންއަށް ކުޅުނު 231 މެޗުގައި އެޓީމަށް 31 ލަނޑު ޖަހައިދީ އެ ކްލަބާއެކު 15 މުބާރާތެއް ކާމިޔާބުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *