ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދް މާތުރު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޖަޒީރާ ނޫހަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. އަރުވިންދް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ކުރެއްވި ޓެސްޓްގެ ނަތީޖާ މިއަދު ލިބުމުންނެވެ.

ޑރ. އަރުވިންދް ބައްޔަށް ޕޮޒިޓިވްވި އިރު، ބަލި ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ކުރަމުންދާ މަސައްކަތްތަކުގައި އޭނާ ގެންދެވީ ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ. 

ކޮވިޑް 19 ބައްޔަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، 22 ބަންގްލަދޭޝް މީހުންނާއި، އިންޑިއާގެ 7 މީހަކާއި، ނޭޕާލް މީހެއްގެ އިތުރުން ސީޝެލްސްގެ ރައްޔިތެއް ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

މި ބައްޔަށް ރާއްޖެއިން މިހާތަނަށް 4594 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބަލީގައި 19 މީހަކު ވަނީ މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.