ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ރެއާލް މެޑްރިޑްގެ ސްކޮޑުން ގެރެތު ބޭލް ބާކީކޮށްފިއެވެ. 

ހުކުރު ދުވަހުގެ ރޭ ސިޓީއާ ދެކޮޅަށް ކުޅޭ މުހިންމު މެޗަށް ރެއާލްއިން ނެގި 24 ކުޅުންތެރިންގެ ސްކޮޑުގައި އޭނާ ހިމަނާފައެއް ނުވެއެވެ. ފުޓްބޯޅަ ސީޒަން މެދުކަނޑާލުމަށްފަހު އަލުން ފެށިފަހުން ރެއާލް ކުޅުނު 11 މެޗުގެ ތެރެއިން ބޭލްއަށް ފުރުސަތު ދީފައިވަނީ އެންމެ ދެ މެޗުންނެވެ. މި ނިމުނު ފުޓްބޯޅަ ސީޒަނުގައި ވެސް އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައިވަނީ އެންމެ 14 މެޗުގައެވެ.  

ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 2-1 ރެއާލް ބަލިވެފައިވުމާއެކު ދެވަނަ ލެގުގެ މުހިންމުކަން ރެއާލްއަށް ވަނީ ބޮޑުވެފައެވެ. 

މިދިޔަ ޓްރާންސްފަރ މާކެޓުގައި ޗައިނާގެ ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ބޭލް ހޯދުމަށް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް ފީއެއް ދައްކަން ރެއާލްއިން އެދުމުން އެ ކްލަބުން ވަނީ ބޭލް ހޯދުމަށް ކުރި މަސައްކަތް ހުއްޓާލާފައެވެ. 

2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭލް ރެއާލްއަށް ބަދަލުވެފައިވަނީ އޭރުގެ ރެކޯޑް ޓްރާންސްފަރ ފީއެއް ކަމަށްވާ 85 މިލިއަން ޕައުންޑަށެވެ. ރެއާލްއާއެކު އޭނާ ވަނީ ހަތަރު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.