ކޮވިޑް-19 އަށް 148 މީހަކު ޕޮޒިޓިވްވެ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 4594 އަށް އަރައިފިއެވެ.            

ބުދަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، 22 ބަންގްލަދޭޝް މީހުންނާއި، އިންޑިއާގެ 7 މީހަކާއި، ނޭޕާލް މީހެއްގެ އިތުރުން ސީޝެލްސްގެ ރައްޔިތެކެވެ. 

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް ރިޕީޓެޑް ސާމްޕަލް ހިމެނޭ ގޮތަށް ވަނީ 84،144 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. އައިސޮލޭޝަން ފެސިލިޓީސްތަކުގައި 1282 މީހަކު ތިބިއިރު 110 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެކްޓިވް ކޭސެސްގެ ގޮތުގައި 1869 ކޭސް ހިމެނޭއިރު މިހާތަނަށް 2706 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 19 މީހަކު މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.