ސްވިޓްޒަލެންޑްގެ ޖެނީވާގައި ތިއްބަވާ އެފްރިކާގެ ބައެއް ގައުމުތަކުގެ ސަފީރުންނާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީޏް ބުނީ މި ބައްދަލުވުން އިންތިޒާމްކުރީ ޖެނިވާގައި ޤާއިމްވެފައިވާ އެފްރިކަން ގްރޫޕްގެ ރިޔާސަތު ބަލަހައްޓާ ގެބޮންގެ ޕާމަނެންޓް މިޝަންއިން ކަމަށެވެ. އަދި މި ބައްދަލުވުމުގައި އދ. އޮފީހާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާފައި ތިއްބަވާ އެފްރިކަން ޔޫނިއަން މެމްބަރު ގައުމުތަކުގެ ދާއިމީ މަންދޫބުން ބައިވެރިވެވަޑައިގަތް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެއާއި އެފްރިކާ ގައުމުތަކާ ގުޅުން ހުރި ބައިނަލްއަގުވާމީ މައްސަލަތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތާއި، ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާބެހޭގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކަށް ދިމާވެފައިހުރި ދަތިތައް ފާހަގަކުރައްވާ، ދެމެހެއްޓެނިވި ގޮތެއްގައި ކޮވިޑް-19 އިން އަރައިގަތުމާއި ބެހޭގޮތުން ވެސް ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން، މަލްޓިލޭޓަރަލް ސިސްޓަމާއި ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރަން އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.