ކޮވިޑް-19 އަށް 153 މީހަކު ޕޮޒިޓިވްވެ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 4446 އަށް އަރައިފިއެވެ.

އަންގާރަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 116 ދިވެހިންނާއި، 22 ބަންގްލަދޭޝް މީހުންނާއި، އިންޑިއާގެ 11 މީހަކާއި، އިންޑޮނޭޝިއާ މީހަކާއި، މިސްރުގެ މީހަކާއި، ކެންޔާ މީހެއްގެ އިތުރުން އިނގިރޭސި ރައްޔިތެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް ރިޕީޓެޑް ސާމްޕަލް ހިމެނޭ ގޮތަށް ވަނީ 83،115 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. އައިސޮލޭޝަން ފެސިލިޓީސްތަކުގައި 1152 މީހަކު ތިބިއިރު 105 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެކްޓިވް ކޭސެސްގެ ގޮތުގައި 1719 ކޭސް ހިމެނޭއިރު މިހާތަނަށް 2693 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 19 މީހަކު މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.