ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން އެ ސިޓީގެ ބޮޑު ހިސާބަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ހިނގި މި ހާދިސާ ހިނގާފައި ވަނީ ޕޯޓް އޮފް ބެއިރޫތުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނަ ގޮތުގައި މި ގޮވުން ގޮވި ސަރަހައްދުގައި ހުރި ބައެއް ގެތައް ބިމާހަމަވެފައިވާއިރު ޕޯޓާއި ކައިރި ސަރަހައްދުގައި ހުރި ގިނަ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާ ހިނގާފައިވަނީ ޕޯޓް ސަރަހައްދުގައި ބާރުގަދަ ގޮވާ ތަކެތި ބަހައްޓާ ގުދަނެއްގައި ކަމަށް ބެލެވޭ ކަމަށް ލުބުނާނުގެ ޖެނެރަލް ސެކިއުރިޓީގެ އިސްވެރިޔާ ޖެނެރަލް އައްބާސް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މި ގޮވާ ތަކެއްޗަކީ މީގެ އަހަރުތަކެއް ކުރިން ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތި ކަމުގައިވެސް ޖެނެރަލް އައްބާސް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް 10 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ހަމަދު ހަސަން ވަނީ ވިދާޅުވެފައެވެ. އަދި މި އަދަދު މައްޗައްދާނެ ކަމަށާއި ވަރަށް ގިނަ އަދަދެއްގެ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

މި ގޮވުމުގެ ލޮޅުމުގެ އަސަރު އެތަކެއް މޭލަކަށް ކޮށްފައިވާ ކަމަށާއި ގިނަ ތަންތާންގެ ބިއްލޫރިތައް ތެޅި ދޮރުތައްވެސް ނައްޓައިގެން ގޮސް އެކި ވަރުގެ އަނިޔާ ގިނަ އަދަދެއްގެ މީހުންނަށް ލިބިފައިވާކަމަށް އެކި މަސްދަރުތަކުން ވަނީ ބުނެފައެވެ.

ކޯވޮޑް- 19އިގެ ސަބަބުން ލުބުނާނުގެ ސިއްޚީ ދާއިރާއަށްވެސް ނުކަތާވަރަށް ކަންތައްތައް ގޮސްފައިވުމާއެކު އޭގެ ސަބަބުން ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް މިހާރުވެސް ދަތިތަކެއް ކުރިމަތި ވަމުންދާ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ހަމައެހެންމެ މި ހާދިސާ ހިނގާފައި މިވަނީ ލުބުނާނުގެ އިގްތިސާދު އެގައުމުގެ ދާހިލީ ހަނގުރާމައަށްފަހު އެންމެ ބޮޑަށް އަޑިއަޅާލައިފައިވާ ދުވަސްވަރެއްގައެވެ. ޕޯޓް އޮފް ބެއިރޫތަކީ މެދުއިރުމަތީގެ އެންމެ ބޮޑު އަދި އެންމެ ބިޒީ އެއް ޕޯޓެވެ. މި ގޮވުމުގެ އަޑު ލުބުނާނާއި 150 މޭލު ދުރުން ސައިޕްރަސްއަށް ވެސް ވަނީ އިވިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *