ކޮވިޑް 19 ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ފިލިޕީންސްގައި އަނެއްކާ ވެސް ލޮކްޑައުންއެއް އިއުލާންކޮށްފިއެވެ. 

ކޮވިޑް 19 ގެ އިތުރު ސާރޖެއް އަތުވެދާނެ ކަމަށް އެ ގައުމުގެ ޑޮކްޓަރުން ބުނަމުން ދަނިކޮށް ވެރިކަންކުރާ މެނީލާގެ އިތުރުން ހަތަރު ޕްރޮވިންސެއްގައި ވަނީ ލޮކްޑައުން އިއުލާންކޮށްފައެވެ. ފިލިޕީންސްގައި އެންމެ ފުރަތަމަ އިއުލާންކުރި ލޮކްޑައުން އުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. 

މި ލޮކްޑައުންއާއެކު އެތައް މިލިއަން މީހުންނަށް ބޭރަށް ދިޔުމަށް ހުއްދަ ލިބޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ގަތުމަށެވެ. ދަތުރުފަތުރުގެ ނިޒާމްތައް ހުއްޓާލާފައިވާއިރު ޑޮމެސްޓިކް ފްލައިޓްތައް ވެސް ވަނީ ހުއްޓާލާފައެވެ. އަދި ރެސްޓޯރަންޓްތަކުން ދެވޭނީ ހަމައެކަނި ޓޭކްއަވޭގެ ޚިދުމަތް ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ނިންމާފައެވެ. 

މި ލޮކްޑައުން އިއުލާންކޮށްފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި އެގައުމުގެ 80 މެޑިކަލް އެސޯސިއޭޝަނަކުން ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އިއުލާންކުރުމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭއަށް ގޮވާލާފައި ވަނިކޮށެވެ. 

ފިލިޕީންސްއިން މިހާތަނަށް 106،330 މީހަކަށް ކޮވިޑް 19 ޖެހިފައިވާއިރު އޭގެތެރެއިން 2104 މީހަކު ވަނީ މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.