ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އެންމެން ގޭގައި ތިބެން އެންގުމުން ބައެއް މީހުނަށް މިކަންވީ ވަރަށް ފޫހި އަދި އުނދަގޫ ކަމަކަށެވެ. ނަމަވެސް، މިދިޔަ މަހު ނިކުތް ކާމިޔާބު ފިލްމު "ތައްޕަޅް" ގެ ލީޑް އެކްޓްރެސް ތާޕްސީ ޕަންނޫ ބުނީ ގޭގައި ހުންނަން ޖެހުމުންވެސް އޭނާގެ ޝެޑިއުލް ވަރަށް ބިޒީ ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ރަގަޅު ގޮތުގައި ހިފަމުން އަންނަ ކަމަށެވެ.

ތާޕްސީ ބުނީ ކޮންމެ ދުވަހަކަށް ތާވަލެއް ހަދައިގެން ވަރަށް ގިނަ ކަންތައް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ކުރާ އެއް ކަމަކީ، 2019 ގައި ނިކުތް ފިލްމުތަކުގެ ތެރެއިން، ނުބެލި ހުރި ފިލްތައް ބެލުން ކަމަށާއި، ތާޕްސީ އަށް ލިބިފައި ހުރި ފިލްމު ސްކްރިޕްޓްތަކުގެ ތެރެއިން ނުކިޔާ ހުރި ސްކްރިޕްޓްތައް ވެސް ކިޔަމުން އަންނަ ކަމަށެވެ.

ގޭގައި ހުންނަން މިލިބުނު ފުރުސަތުގައި އިތުރަށް ކުރަމުން އަންނަ ކަމަކީ، ޓެމިލް އަދި ތެލުގޫ ބަސް ދަސްކުރުމުގެ މަސައްކަތްކަމަށް ތާޕްސީ ބުންޏެވެ. ގިނަ ވަގުތު ލިބުމުން ގިނަ ވަގުތު ނިދާ ކަމަށާއި ނަމަވެސް ކެއުން އިތުރު ނުވާކަމަށް ތަޕްސީ ބުންޏެވެ. ކޮވިޑް-19 ގެ ކަންތައް މިހާ ގޯސްވެގެން ނުދާ ނަމަ، ތާޕްސީގެ އެންމެ ފަހުގެ ފިލްމު "ތައްޕަޅް" ގެ އިތުރު މަސައްކަތް ކުރަން ހުރި ކަމަށާއި ނަމަވެސް މިވަގުތަށް އެ ހުރިހާ ކަމެއް މެދުކަނޑާލައިވާ ކަމަށް ވެސް ތާޕްސީގެ ވާހަކައިގައި ފާހަގަ ކުރިއެވެ.

ދެން އެންމެ އަވަހަށް ބެލުންތެރިނާއި ހަމައަށް އަންނަން އޮތް ތާޕްސީގެ ފިލްމަކީ "ހަސީން ދިލްރުބާ" އެވެ. ފިލްމީ މަސައްކަތް ހުއްޓާލަން ޖެހުނީ މި ފިލްމުގެ 10 ދުވަހުގެ ޝޫޓިންގ ނިމިފައި ވަނިކޮށެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *