އިނގިރޭސިވިލާތުގެ ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ. މިކަން ކަށަވަރު ކޮށްދީފައިވަނީ، ކްލެރެންސް ހައުސް އިން މިއަދު ހެދުނު ނެރެނު ބަޔާނެއްގައެވެ. އުމުރުފުޅުން 71 އަހަރުގެ ޗާލްސް އަކީ އިނގިރޭސި ތަޚުތާއި އެންމެ ގާތުގައިވާ ފަރާތެވެ. ރާނީ އެލިޒަބެތު-2 ނެތް ހާލަތެއްގައި ރަސްކަމާއި ހަވާލުވާނީ ޗާލްސެވެ. 

މިބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ޗާލްސްގެ ފަރާތުން ބަލީގެ މާ ބޮޑު އަލާމާތެއް ނުފެއެވެ. ނަމަވެސް ބައްޔަށް ޕޮސިޓިވް ވުމުން ދެން މަސައްކަތް ކުރައްވަމުން ގެންދަވާނީ ގަނޑުވަރުގައި ހުންނަވައިގެންނެވެ.

ޗާލްސް އާއި އެކުގައި އަނބިކަނބަލުން ކެމިލާގެ ޓެސްޓް ވެސް ހެދުނެވެ. ނަމަވެސް އެކަމަނާވަނީ ބައްޔަށް ނެގަޓިވް ވެފައެވެ. ދެ ކަނބަލުންވެސް މިހާރު ތިއްބެވީ ސްކޮޓްލެންޑްގައި ހުންނަ ގަނޑުވަރެއްގައި އެކަހެރި ކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *