ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ފަރީދީނޫރު އަލްފާޟިލް އަޙްމަދު އަކްރަމް ޢައްޔަން ކުރައްވައިފިއެވެ.

އަޙްމަދު އަކްރަމް މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އަޙްމަދު އަކްރަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރެވެ.

އަޙްމަދު އަކްރަމް އަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އަކްރަމް ވަނީ އެ ކޮމިޝަނުގެ ސްޕޯކްސްޕަރސަންގެ މަޤާމުވެސް ފުރުއްވާފައެވެ.

އަޙްމަދު އަކްރަމް ވަނީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ބްރިޓިޝް ސްކޫލް އޮފް ކޮމަރސްއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާޞިލްކުރައްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *