ބ. އަތޮޅުގައި އެންދަމަން ފީނި މަސްވެރިއެއްގެ ހާލު ދެރަވެގެން އެ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ އެވެ.

މިހާދިސާގައި ނިޔާވީ ކ.ކިނޮޅޮހަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްއަށް އެމީހާ ގެންދެވުނީ އިއްޔެ މެންދުރު 1:30 އަދި 2:00 އާ ދެމެދުއެވެ.

މަސްވެރިޔާގެ ހާލު ގޯސްވެފައިވަނީ، އެންދަމަން ފޭބި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ. އަޑީގައި އޮވެފައި މައްޗަށް އަރައި "ވަރަށް ބޮޑަށް މެޔަށް ތަދުވާ" ކަމަށް ބުނުމުން އެންމެ ކައިރީގައި ހުރި އޭދަފުށީ ހޮސްޕިޓަލަށް އެމީހާ ގެންދެވުނު ކަމަށް ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.