ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުށްވެރިންނަށް މުއްދަތު ޖެހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

ބަންދުގައި ތިބޭ މީހުންނަށް މާދަމާ އިން ފެށިގެން މުއްދަތު ޖެހުން ކުރިއަށް ގެންދާނީ، ކްރިމިނަލް ކޯޓާއި ފުލުހުންނާ ދެމެދު ކުރާ ވީޑިއޯ ކޮންފަރެންސަކުން ކަމަށް ފުލުސް އޮފީހުން ވަނީ ބުނެފައެވެ. އަދި މިއީ ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިވުމަށް ފުލުހުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްކަމުގައި ވަނީ ހާމަކޮށްފައެވެ.

ގާނޫނީ ވަކީލުންނަށް މި އަޑުއެހުންތަކުގައި ދޫނިދޫގައި ނުވަތަ ކްރިމިނަލް ކޯޓުގައި ތިބެގެން ބައިވެރިވެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.