50 މިލިއަން ރުފިޔާ ގޭބިސީ ތަކަށް ބެހުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްﷲ ޖާބިރު ގޮވާލައްވައިފިއެވެ. 

ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިޞޯދީ ހާލަތުން އަރައިގަތުމަށް ޓަކައި 50 މިލިއަން ރުފިޔާ ގޭބިސީތަކަށް ބަހާ، ރާއްޖޭގެ ރިސޯޓްތައް ބަންދުނުކޮށް ދުނިޔޭގެ މިލިއަނަރުންނަށް އެއީ ސޭފް ހޭވަން ތަކުގެ ގޮތުގައި ވިއްކާ، މާރކެޓިންގް ސްޓްރެޓަޖީ ބަދަލު ކުރުމަށް ގޮވާލާކަމަށެވެ. އަދި މިއީ މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ވަނީ ވިދާޅުވއެފައެވެ.

މީގެ އިތުރުން ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިގްތިސޯދީ ނަޒަރަކުން ރާއްޖެއަށް ކުރާ އަސަރާއި މެދު ޖާބިރު ވިދާޅުވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ 2.5 ބިލިއަން ރުފިޔާގެ ޕްލޭނެއް ވަނީ ވިޔަފާރިތަކަށް އެހީވުމަށް ކަނޑުއަޅުއްވާފަ ކަމަށާއި ގެއްލުންވަނީ ވިޔަފާރިތަކަށް އެކަނި ނޫން ކަމަށާއި، ގޭބިސީތަކަށް ވެސް ގެއްލުން ވާކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އެންމެން މިތިބީ ގޭގަ ކަމަށާއި، ހަރަދު ބަރަދު ހުންނާނެ ކަމަށާއި، ޕާރޓްޓައިމް މަސައްކަތް ކުރަންދާމީހާ އަށްވެސް މިވަގުތު މަސައްކަތަށް ނުދެވޭނެ ކަމަށާއި،  އެހެންކަމުން ސަރުކާރުން ކަނޑައަޅުއްވާފައިވާ 2.5 ބިލިއަން ރުފިޔާގެ ތެރެއިން 50 ހަކަށް މިލިއަން ރުފިޔާ ގޭބިސީ އަކަށް 15000 ރުފިޔާގެ މަގުން ސަރުކާރުގަ އޮންނަ އުސޫލަކުން މިދަނޑިވަޅުގައި ލިބުން ވަރަށް މުހިންމު ކަމަށެވެ.

އަދި ޖާބިރު އަކީ މާލިއްޔަތު ކޮމެޓީގެ މެމްބަރެއް ކަމަށާއި ހާއްސަ ގޮތެއްގައި މިފަދަ ކަންތައްތަކާއި މެދު މަޝްވަރާ ކުރަމުން ދާކަމަށް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ބޮޑެތި މުއްސަނދިންނަށް ޕްރައިވެޓް އައިލެންޑް ގޮތުގައި، ސޭފް ހޭވަން އެއްގެ ގޮތުގަ ރާއްޖޭގެ ޓޫރިޒަމް އަލުން މާކެޓް ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *