އެއަރޕޯޓް ސެކިއުރިޓީ އަށް ފިލައިގެން، ދަތުރުކުރި ތަންތަނުގެ މަޢުލޫމާތު ސިއްރުކޮށްގެން، ކޮވިޑް-19 ގެ ޢަލާމަތްތައް ފެންނަން ހުއްޓާ ޕާޓީކޮށް އެތައް ބަޔަކާއި މަސްހުނިވެފައި ވުމުން، ކަނިކާ ދިރިއުޅޭ ސަރަޙައްދާއި، ޕާޓީކުރި ސަރަޙައްދުތަކުން މީހަކު މިބައްޔަށް ޕޮސިޓިވް ވެ އަދި ބަލީގައި މަރުވެއްޖެ ނަމަ ގަސްތުގައި މީހަކު މަރާލުމުގެ ދަޢުވާ ކަނިކާގެ މައްޗަށް ކުރުން ގާތްކަމަށް އުއްތަރު ޕްރަދޭޝްގެ ޕޮލިހުން ހާމަކޮށްފިއެވެ.

ބަލީގެ ޢަލާމާތްތައް ފެންނަން ހުއްޓާ ކަނިކާގެ ޢަމަލުތައް ބެހެއްޓީ ވަރަށް ޒިންމާދަރުކަން ކުޑަކޮށްކަމާ، އެކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޕޮލިހުން ކުރިންވެސް ވަނީ ބުނެފައެވެ. މިހާރު ހޮސްޕިޓަލްގައި ކަރަންޓީނުކޮށްފައި އޮތް ކަނިކާ، މީޑިޔާ މެދުވެރިކޮށް މަޢުލޫމާތު ދެމުން އޭނާގެ ޢަމަލުތައް ދިފާޢުކޮށް ވާހަކަ ދެއްކުމުން ޕޮލިހުން ވަނީ އިތުރަށް ހިތްހަމަ ނުޖެހިފައެވެ.

ކަނިކާ ބާއްވާފައި އޮތް ހޮސްޕިޓަލްގެ ސާފުތާހިރުކަން ކުޑަކަމުން ޝަކުވާ ކުރުމުން، ހޮސްޕިޓަލުން ވަނީ " ސްޓާރެއް ކަމަށް ހެދިގެން ނޫޅުމަށް" ބުނެ ހަރުކަށި ރައްދެއް ކަނިކާއަށް ދީފައެވެ. އެހެންކަމުން ހުރިހާ އިދާރާ އަކުންވެސް ކަނިކާގެ މައްސަލަ ވަރަށް ސީރިއަސް މައްސައްލައެއްގެ ގޮތުގައި ނަގައިގެން ބަލަމުންދާކަން ދޭހަވެއެވެ.

ކަނިކާގެ ޕާޓީއަށް ހާޟިރުވި ޔޫ.ޕީގެ ހެލްތު މިނިސްޓަތު ޖޭ ޕްރަތާބު ބުނީ، އެއަރޕޯޓް އިން ޗެކްނުކޮށް ކަނިކާ ފިލިގޮތް ބަލަމުން އަންނަކަމަށާއި، އޭނާގެ ޓީމުގެ ފަރާތުން ފަރުވާ ކުޑަކޮށްލާފައިވާ ކަން ޤަބޫލު ކުރާ ކަމަށެވެ. ކަނިކާ އެއަރޕޯޓްގެ ސެކިއުރިޓީ ޗެކަށް ފިލީ ފާޚާނާގެ ތެރޭގައި ފިލާ ހުރެގެންކަމަށް ކަނިކާ ފަހުން ވަނީ ބުނެފައެވެ.

ކަނިކާއަށް މިވަގުތު ސަޕޯޓް ދޭންތިބީ ވަރަށް މަދު ބައެކެވެ. ފިލްމީ ދާއިރާގެ ގިނަ ބަޔަކުވަނީ ކަނިކާ ކަންކުރިގޮތުން އޭނާއާއި ގުޅުން ކަނޑާލާފައެވެ.

ކަނިކާގެ ބައްޕަ ހާމަކުރިގޮތުގައި ކަނިކާ ބަލިޖެހިފައި ހުރިކަން ނާންގާ ޕާޓީ ކުރުމުގެތެރޭގައި 400 ވަރަކަށް އާއިލާއާއި ބައްދަލުވެފައިވާނެއެވެ. އެހެންކަމުން މި މައްސަލަ އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *