ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓުމަކަށް އައުމާއި އެކު ބްރިޓިޝް އެއަރވޭޒްގެ ހަރަދު ތައް ކުޑަކުރުމަށް ޕައިލެޓުންގެ ބޭސިކް  މުސާރައިން 50 އިންސައްތަ 3 މަހުގެ މުއްދަތަށް އުނިކުރަން ނިންމައިފިއެވެ.

މީގެއިތުރުން ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުން އޭޕްރިލް މަހާއި މޭމަހުގައި ކޮންމެ މަހެއްގައި 2 ހަފްތާގެ ނޯޕޭ ލީވްއެއް ނަގަންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

ބްރިޓިޝް އެއަރލައިނުން މުވައްޒަފުންނަށް ދިން ސިޓީގައި ބަޔާންކޮށްފައިވަނީ މިއީ މުސްތަގުބަލުގައި އަލުން ދަތުރުފަތުރު ފަށަންވާއިރަށް ކުންފުނީގެ މާލީހާލަތު ރަނގަޅުކުރުމަށް އެޅި ފިޔަވަޅެއްކަމުގައެވެ.

ބްރިޓިޝް އެއަރވޭސްގެ ސީއީއޯ އެލެކްސް ކްރޫޒް މިދިއަމަހު ބްރިޓިޝް އެއަރލައިންގެ މުވައްޒަފުންނަށް ވަނީ އެއަރލައިންގެ ދަތުރުފަތުރު ވަގުތީ ގޮތޮން މެދުކަނޑާލަން ޖެހިދާނެކަމަށް ވިދާޅުވެފައެވެ. 

ކްރޯނާވައިރަސް އާއި ގުޅިގެން ގިނަ ގައުމުތަކުގެ ވައިގެ ދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރު ކުރާ ގިނަ ކުންފުނިތަކުން ވަނީ ހިދުތައް ހުއްޓާލާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.