އުމުރުން 63 އަހަރުގެ މި ދެ ފަންނާނުން ކޮވިޑް-19 އަށް ޕޮސިޓިވް ވީ، އެލްވިސް ޕްރިސްލީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓީންގައި އޮސްޓްރޭލިޔާ ގައި އުޅެނިކޮށް ކަމަށް، އެ ފިލްމުގައި ކާނަލް ޓޮމް ޕާރކަރގެ ރޯލު ކުޅޭ ޓޮމް ހޭންކްސް ހާމަކޮށްފިއެވެ.

މި ބައްޔަށް ޕޮސިޓިވް ވި ކަން ހާމަކުރުމުށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޓޮމް ބުނީ، އޭނާއާއި ރީޓާ އޮސްޓްރޭލިޔާގައި އުޅެނިކޮށް، ވަރުބަލިވެ، ރޯގާޖެހި، ގައިގައި ރިއްސިކަމަށާއި، ބައެއް ފަހަރު ރީޓާގެ ގައި ފިނިވެފައި، އަނެއްބައި ފަހަރު ކުޑަކޮށް ހުން ހުންނާތީ ޓެސްޓްތައް ހެދުމުން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ހާމަކުރީ، ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ޢަމަލު ކުރަމުންދާ ކަމަށާއި، އިތުރަށް ކުރެވޭނެ މާގިނަ ކަންތަކެއް ނެތްކަމަށެވެ. އަދި އޭނާގެ ސަޕޯޓަރުން ރައްކާތެރިވެތިބުމަށް އެދިފައި ވެއެވެ.

މި ފިލްމު އުފައްދާ ކުންފުނިން ވަނީ، ބައްޔަށް ޕޮސިޓިވް ވުމުގެ ކުރިން ޓޮމް ގޮސްފައިވާ ދެ ތަނެއްގެ މައުލޫމާތާއި އެކުގައި ބަޔާނެއް ނެރެފައެވެ. އެ ދެތަނަކީވެސް ވަރަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދެ މަންޒިލެވެ. މިބަޔާނުގައި އިތުރަށް ބަޔާންކުރި ގޮތުގައި، އޮސްޓްރޭލިޔާގެ ސިއްހީ އިދާރާތަކުގެ އިރުޝާދަށް ޢަމަލު ކުރަމުން އަންނަކަމަށާއި، ޓޮމް ހޭންކްސް އާއި ބައްދަލުވެފައިވާ ފަރާތްތައް ދެނެގަތުމަށް އެކަމާގުޅުން ހުރި އިދާރާތަކާއި އެކުގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ފިލްމު ކްރޫގައި ދެން ހިމެނޭ މެމްބަރުންގެ ރައްކާތެރިކަމަށް ފުރިހަމަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމުގެ ޔަގީންކަން ވެސް މި ކުންފުނިން ދެއެވެ.

ޓޮމް އާއި ރީޓާ ބައްޔަށް ޕޮސިޓިވްވީ ފަހުން 5 ދުވަހު ކުއީންސްލޭންޑް ހޮސްޕިޓަލްގައި ތިބުމަށްފަހު މިހާރުވަނީ ގެއަށް ދޫކޮށްލާފައެވެ. އެމީހުން އަނބުރާ ގައުމަށް ދާނީ ކަރަންޓީނުގެ މަރުޙަލާ ފުރިހަމަ ކުރުމަށް ފަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *