ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށްގެން ނުވަ ރިސޯޓަކާއި ހޮޓަލަކުން 1،158 ރޫމް ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުން ކުރާ ދިހަ ރިސޯޓަކީ ވިލިވަރާއި ބިޔާދޫ އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި މަލާހިނި ކުޑަބަނޑޮހާއި އެނބޫދޫ ވިލެޖާއި ވަރު ބައި އެޓޮމޮސްފިއާ އާއި ވެލިދޫ އައިލެންޑާއި ދިއްގިރި އަދި ރޯޔަލް އައިލެންޑެވެ.

މީގެ އިތުރުން ކަރަންޓީން ފެސިލިޓީތަކަށް ޓޫރިޒަމް މިނިސްޓްރީ ފަރާތުން ފޯކަލް ޕޮއިންޓްތަކެއް ހަމަޖައްސާ، އެ ބޭފުޅުންނާ އަދި އެ ބޭފުޅުންނާ ގުޅޭނެ ނަންބަރުތައް ވެސް ވަނީ ހާމަކޮށްފަ އެވެ. އެ މިނިސްޓްރީން ވަނީ ފެސިލިޓީތަކުގައިވާ މީހުންގެ އާއިލާތަކުން އެއްވެސް ކަމަކާ ގުޅަން ބޭނުންވެއްޖެނަމަ ފޯކަލް ޕޮއިންޓާ ގުޅުމަށް އެދިފަ އެވެ.

ބިޔާދޫ އައިލެންޑް ރިސޯޓް: އެގްޒެކްޓިވް ޑިރެކްޓާ، އަލީ ހާޝިމް، 9555344

ފަން އައިލެންޑް ރިސޯޓް: ސީނިއާ އެގްޒެކްޓިވް ޑިރެކްޓާ، އަލީ ރަޒާން، 9777426

ހޮލިޑޭ އައިލެންޑް: ޑެޕިއުޓީ މިނިސްޓަރު، އަސަދު ރިޒާ، 7779167

ހުޅުލޭ އައިލެންޑް ހޮޓެލްސް: ކަސްޓަމާ ރިލޭޝަން އޮފިސާ، ފާތިމަތު ދިޔާމާ އިބްރާހިމް، 9672767

މަލަހިނި ކުޑަ ބަނޑޮސް: ސީނިއާ ޕޮލިސީ ޑިރެކްޓާ، މުހައްމަދު ހުޝާން، 7684940

އެނބޫދޫ ވިލެޖް: އެންވައިރޮންމެންޓް އޮފިސާ، މިހައްމަދު ސިނާން، 9685119

ވަރު ބައި އެޓްމޮސްފިއާ: ކަސްޓަމާ ރިލޭޝަން އޮފިސާ، ގުސޭ އިބްރާހިމް މުހައްމަދު، 9533394

ވެލިދޫ އައިލެންޑް ރިސޯޓް: ސީނިއާ ޕޮލިސީ ޑިރެކްޓާ، އިބްރާހިމް ފަރުހާދު، 9195719

ދިގިރި ޓޫރިސްޓް ރިސޯޓް: އެގްޒެކްޓިވް ޑިރެކްޓާ، ތޮއްޔިބު ޝަހީމް، 7864363

ރޯޔަލް އައިލެންޑް: އެސިސްޓެންޓް ޑިރެކްޓާ، އިބްރާހިމް ފިކުރީ، 9997816

ކަރަންޓީން ކުރުމަށް އިތުރު ރަށްތަކެއް ހާއްސަކޮށްފައިވާއިރު ރާއްޖޭން ބޭރުން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ހުރިހާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހު ތިބެން ޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *