ކޮރޯނާވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރުމަށް މަޝްހޫރު ޕޮޕް ލަވަކިއުންއުތެރިޔާ ރޮބީން ރިހާނާ ފެންޓީ ވަނީ އޭނާގެ ކްލާރާ ލައޮނަލް ފައުންޑޭޝަނުން 5 މިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ.

މިކަން ހާމަކޮށްފައުންޑޭޝަނުން ނެރުނު ބަޔާނުގައި ހާމަ ކޮށްފައިވަނީ މިފައިސާ އަކީ ކުއްލިހާލަތުގެ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެހީ ވުމަށާއި، އެމެރިކާ، ކެރީބިއަން، އެފްރިކާ ފަދަ ޤައުމުތަކުގެ އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރު ކޮށްދިނުމަށާއި، ޓެސްޓުކިޓުތަކާ ރައްކާތެރިކަމަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދުމާއި ކޮރޯނާވައިރަސް އާއި ގުޅިގެން ދިމާވާ އެހެނިހެން ދަތިތަކަށް އެހީވުމަށް ހަދިޔާކުރެވުނު ފައިސާ ކަމަށެވެ.

ކްލާރާ ލައޮނަލް ފައުންޑޭޝަނުން މިކަމުގައި މަސައްކަތް ކުރަމުންއަންނަ ޑައިރެކްޓް ރިލީފް، ފީޑިންގ އެމެރިކާ، އަދި ޑަބްލިއުއެޗްއޯ ފަދަ ޖަމާއަތްތަކާއި އެކު މަސައްކަތް ކުރާނެކަން ވަނީ ހާމަ ކޮށްފައެވެ.

2012 ވަނައަހަރު ހުޅުވުނު ރިހާނާގެ ކްލާރާ ލައޮނަލް ފައުންޑޭޝަނަކީ އޭނާގެ މާމާ ކްލާރާ އަދި ކާފަ ލައޮނަލް ގެ ނަމުގައި ތައްޔާރުކުރެވިފައިވާ ފައުންޑޭޝަނެކެވެ. މިފައުންޑޭޝަނުން އެޗްއައިވީ އަދ ކެންސަރު ފަދަ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކާއި ޖަމްއިއްޔާތަކަށްވެސް ދަނީ ގިނައެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *