ވޯގް މެގަޒިންގެ ކަވަރ އިން އެޕްރީލް މަހު ފެނިގެންދާ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް މިއުޒިކުން ދުރަށްޖެހިލާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ވޯގްގެ ކަވާ ސްޓޯރީ އިންޓަވިއުގައި ސެލީނާ ވަނީ މިއުޒިކް ދާއިރާގައި މަސައްކަތް ކުރުމާ ބެހޭގޮތުން އޭނާގެ ހިޔާލުތައް ފާޅުކޮށްފައެވެ. ސެލީނާ ބުނެފައިވަނީ "ލޫޒް ޔޫ ޓު ލަވް މީ" އަކީ އޭނާ ރިލީޒް ކުރި އެންމެ ރަނގަޅު ލަވަކަން އޭނާ ޤަބޫލުކުރިކަމުގައިވިޔަސް ބައެއް މީހުންނަށް އެވަރުވެސް ނުފުދޭކަމަށެވެ. ހަމައެއާއެކު އޭނާގެ ލަވަތަކަށް ތަރުހީބުދޭ މީހުންނަށް އޭނާ ވަރަށް ޝުކުރުވެރިވާ ކަމަށާއި އެއީ މިއުޒިކްގެ ދާއިރާއިން މަސައްކަތްކުރުމަށް އޮތް ހަމައެކަނި ސަބަބުކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ. މިގޮތުން ދެން އަންނަ އަލްބަމް ތަފާތުވާނެކަމަށާއި މިއުޒިކުން ރިޓަޔާ ވުމުގެ ކުރިން އަދި އެއްފަހަރަށް މަސައްކަތް ކުރަން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

ސެލީނާ އިތުރަށް ބުނެފައިވާ ގޮތުގައި އޭނާގެ ހުނަރު އެހެން ދާއިރާތަކުން ދައްކާލަން ބޭނުންވާ ކަމަށާއި ޕްރޮޑިއުސްކުރުމާއި އެކްޓިން އަށް ބޮޑަށް އިސްކަންދޭނެ ކަމަށެވެ. މިކަމާއި ބެހޭގޮތުން ކާޑީ ބީ ވެސް ވަނީ ޓުވިޓަރ ގައި ސެލީނާ މިއުޒިކް ހެދުމުގައި ކުރިއަށް ދިއުމަށް އެއްބާރުލުންދީ ރިޓާޔާނުވުމަށް އެދި ޓުވީޓްކޮށްފައެވެ.

މިހާރު ސެލީނާ ދަނީ އޭނާގެ ހޫލޫ ސީރީޒް "އޮންލީ މާޑާސް އިން ދަ ބިލްޑިން" ގައި ސްޓީވް މާޓިން އަދި މާޓިން ޝޯޓް އާއެކީ ޝޫޓްކުރަމުންނެވެ. ހަމައެއާއެކު އޭނާގެ ޕްރޮޑަކްޝަން ކޮމްޕެނީ ޖޫލީ މޫން ޕްރޮޑަކްޝަންސް އިން ދަނީ ހޮރޯ ތްރިލާ ފިލްމެއް ކަމަށްވާ ޑޯލްހައުސް ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސެލީނާ ގޯމެޒްގެ ހަތަރުވަނަ އަލްބަމަކީ އޭނާގެ އެންމެ ފަހު އަލްބަމަށް ވެއްޖެނަމަ ފޭނުންނަށް ސްޕެނިޝް ބަހުރުވައިން ތައްޔާރުކޮށްފައިވާ 7 ލަވަ ހިމެނޭ ސެލީނާގެ ޕްރޮޖެކްޓް ރެވެލާސިއަން މިހާރު އަޑު އަހާލެވޭނެއެވެ.

އުމުރުން 28 އަހަރުގެ ސެލީނާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ބިލްބޯޑް 200 ގެ އެއްވަނައިގައި 3 އަލްބަމް އޮތުމާއެކު 18 ޓީން ޗޮއިސް އެވޯޑު ކާމިޔާބުކުރުން ހިމެނެއެވެ. މީގެ އިތުރުން 5 ބިލިއަނަށް ވުރެ ގިނަ ސޯންގް ސްޓްރީމްއާއެކު އިންސްޓަގްރާމްގައި 215 މިލިއަން ފޮލޮވަރސް ވެސް ސެލީނާއަށް ލިބިފައިވެއެވެ. އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވާރުން ތިބި މީހާގެ މަޤާމު މީގެކުރިން އޮތީ އޭނާގެ އަތުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.