ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކ. އަދާރަން ކްލަބް ރަންނާޅި ރިސޯޓުގައި ހުރި ދިވެއްސަކު ވެސް އެ ވައިރަސްއަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހާމަކޮށްފިއެވެ.

އެމީހާ މި ވަގުތު ހުރީ ގޭގައި އެކަހެރިކޮށްފައި ކަމަށާއި، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދާރަން ކްލަބް ރަންނާޅި ރިސޯޓްގެ އިތުރުން، އދ. ސެންޓާރާ ގްރޭންޑް ރިސޯޓުގައި ހުރި ދިވެއްސަކު ވެސް ޝައްކު ކުރެވިގެން ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެ ރިސޯޓު ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ޖެހުނު ދެމީހުން މިހާރު ވަނީ މުޅިން ރަނގަޅުވެފައެވެ. މިހާތަށް ރާއްޖެއިން 565 މީހުން ވައިރަހަށް ޓެސްޓު ކުރިއިރު، 550 ސާމްޕްލް ވަނީ ނެގަޓިވްވެފަ އެވެ. ނަތީޖާ ނުލިބެނީ ދެ ސާމްޕަލެއްވެ އެވެ. މިހާރު ވައިރަސް ޖެހިގެން ފަރުވާ ދެމުން އަންނަނީ 11 މީހަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *