މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓުން ރާއްޖޭގައި މިވަގުތު ވަރކްވިސާ އާއި، ޓްރެވަލް ޑޮކިއުމެންޓެއް ނެތި ހަރަކާތްތެރިވާ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ދިވެހި ސަރުކާރުގެ ޚަރަދުގައި ފޮނުވާގޮތަށް ނިންމާފައިވާ ކަމަށް ހާމަކޮށްފިއެވެ.

އެމީހުން އަނބުރާ ޤައުމަަށް ދާން ބޭނުންވާ ލިޔެކިޔުން އެޤައުމެއްގެ ހައިކޮމިޝަން ނުވަތަ އެމްބަސީން ހޯދައިދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ފުރުޞަތުގެ ތެރެއިން އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީއަށް ހާޟިރުވުމުގެ ބަދަލުގައި، ޕާސްޕޯޓް ނަންބަރ/ އައިޑީ ނަންބަރު އެ މިނިސްޓްރީގެ ނަންބަރ 7205648 އަށް ފޮނުވާލަދެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އެ މެސެޖް ފޮނުވާ ހިސާބުން އެކަމާއި ގުޅޭ މުއާމަލާތްތައް ހިނގަން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ،

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ވަނީ ފަށާފައެވެ. ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމަކީ ޤާނޫނާއި ހިލާފަށް އުޅޭ ބިދޭސީންތައް، ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ހިންގި ޕްރޮގްރާމެކެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފައްތަން ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 38،000 ބިދޭސީން ރަޖިސްޓްރީވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް  ވަނީ ވިދާޅުވެފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ފެށި ޕްރޮގްރާމް، ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވަނީ އިއުލާންކޮށްފަައެވެ. މި ޕްރޮގްރާމް މެދުކަނޑާލި ވަކި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، މެދުކަނޑާލާފައިވަނީ ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން، މީހުން އެއްކޮށްގެން ހިންގާ އެކި އެކި ހަރަކާތްތައް ފަސް ކުރަމުން ދަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *