މެލޭރިއާއަށް ފަރުވާ ދިނުމަށް ކުރީގައި ބޭނުންކުރާ ބޭހެއްކަމަށްވާ ކްލޮރޮކުއިން އިން ކޮރޯނާވައިރަސް އަށް ފަރުވާކުރަން ބޭނުން ކުރެވިދާނެ ކަމަށް ޑޮކްޓަރުން ބުނެފިއެވެ. 

ކުލޮރޮކުއިން ނުވަތަ ކްލޮރޮކުއިން ހައިޑްރޮކްލޮރައިޑަކީ 1944 ވަނަ އަހަރުން ފެށިގެން މެލޭރިއާ ޖެހުމުގެ ކުރިން އެބަލިން ރައްކާތެރި ކުރުމަށް އަދި މެލޭރިއާ ޖެހިއްޖެނަމަ އެބައްޔަށަ ފަރުވާ ކުރުމަށް ބޭނުންކުރެވުނު ބޭހެކެވެ.

ކޮވިޑް-19 އާއި ހިލާފަށް މެލޭރިއާ އަކީ ޕެރަސައިޓް އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ނަމަވެސް މިހާތަނަށް ލެބޯޓްރީ ތަކުން ހޯދި ހޯދުން ތަކުން ދައްކާ ގޮތުގައި މިބޭސް ނޭވާލުމުގެ ނިޒާމަށް ދިމާވާ ބަލިތަކަށް ފަރުވާ ދޭން ބޭނުން ކުރެވިދާނެއެވެ. ކޮވިޑް-19 އާއި ދާދި އެއްގޮތް ބައްޔެއްކަމުގައިވާ ސަރސް ރޯގާ އަށް މިބޭހުން ފަރުވާ ކުރެވޭކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ސަރސް އަށް މިބޭހުން ފަރުވާ ލިބިފައިވާތީ ސައިންސްވެރިން މިހާރު ދަނީ މިބޭހުން ކޮވިޑް-19 އަށް ފަރުވާ ކުރެވޭތޯ ކުރަންޖެހޭ ތަހުލީލުތައް ކުރަމުންނެވެ.

ނިއުޔޯރކް ސިޓީގެ ލެނޮކްސް ހިލް ހޮސްޕިޓަލުގެ ޕަލްމޮނޮލޮޖިސްޓެއް ކަމުގައިވާ ޑރ. ލެން ހޮރޮވިޓްޒް ބުނެފައިވަނީ މިހާތަނަށް ކުރެވުނު ޓެސްޓުތައް ވަރަށް ކާމިޔާބު ކަމަށެވެ. މިހާތަނަށް ހެދި ޓެސްޓުތަކުގައި މިބޭސް ބޭނުން ކުރުމުން ވައިރަހުގެ އަސަރު ކުޑަކޮށްދޭކަމަށް ވަނީ ފާހަގަ ވެފައެވެ.

ޗައިނާގެ ސައިންސް ވެރިންނަށް މީގެ ކުރިން ފާހަގަ ކުރެވުނު ގޮތުގައި ކޮވިޑް-19 އަދި ސަރސް މިއީ ގާތްގަނޑަކަށް އެއްބާވަތެއްގެ ކޮރޯނާވައިރަސް އަކުން ޖެހޭ ބަލިތަކެވެ. ކޮވިޑް ނަވާރައިގައި އެކުލެވޭ ޕްރޮޓިން ސްޕައިކް އަދި ސަރސް ގައި އެކުލެވޭ ޕްރޮޓީން ސްޕައިކް އެއްގޮތްކަމަށް ވަނީ ފާހަގަވެފައެވެ.

މީހުންނަށް މިބަލި ޖެހެން މެދުވެރިވަނީ ވައިރަސް ގައި އެކުލެވޭ މި ޕްރޮޓީން އިންސާނުންގެ ގައިގައި ހުންނަ ސެލްގެ ބޭރުގައި ވާ ރިސްޕްޓަރޒް ތަކަކާއި އެކުލެވުމުންނެވެ. ނަމަވެސް ކްލޮރޮކުއިން ބޭނުންކުރުމުން މިއެކުލެވުން ދުރުކޮށްދޭކަމަށް ހޯދުންތަކުން ވަނީ ދައްކާފައެވެ.

ޗައިނާގެ ރިސަރޗް ހަދާ މީހުންނަށް ފާހަގަ ވިގޮތުގައި ކްލޮރޮކުއިން ދިނުމުން ބަލިމީހާގެ ހާލަތު ރަނގަޅުވެ ހޮސްޕިޓަލުގައި ހޭދަކުރާ ދުވަސަތައް މަދުވެފައިވާކަން ވަނީ ފާހަގަ ވެފައެވެ.

މިވަގުތު ޗައިނާގައި ކޮވިޑް-19 އަށް ބޭހެއް ހޯދުމަށް 20 އަށް ވުރެން ގިނަ ތަހުލީލް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އިނގިރޭސި ވިލާތް، ތައިލެންޑް، ސައުތު ކޮރެއާ އަދި އެމެރިކާއިންވެސް ދަނީ ރިސަރޗް ކުރަމުންނެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.