ކޮވިޑްް19 ގެ ސަބަބުން ކޮންމެ 10 މިނެޓަކުން މީހަކު މަރުވާ ކަމަށް އެގައުމުގެ ސަރުކާރުން. ރިޕޯޓް ކޮށްފިއެވެ. 

އެގައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ކިއާނުޝް ޖަހާންޕުރް ހަމަ ކުރެއްވި ގޮތުގައި ކޮންމެ ގަޑިއެއްގެ އިރުތެރޭގައި 50 މީހުންނަށް ވައިރަސް ޖެހޭ ކަމަށެވެ.

އިރާން ގެ ޑެޕއުޓީ ހެލްތު މިނިސްޓަރ އަލީރެޒާ ރައިސީ ވިދާޅުވެފައިވަނީ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 18،407 އަކަށްއަރާފައިވާ ކަމަށެވެ. 

އިރާންގެ ޓީވީ އިން މިއަދު ހާމަ ކުރި ގޮތުގައި ވައިރަސް އިން ރައްކާތެރި ވުމުގެ ގޮތުން އެގައުމުގައި ޖަލައްލެވިފައިވާ ގައިދީން ގެ ތެރެއިން 10،000 ގައިދީން ދޫކޮށްލަން އިރާން ގެ ލީޑަރު ނިންމަވާފައިވާ ކަމަށެވެ.

އީރާން

ސަރުކާރުންވަނީ ސްކޫލްތަކާ ޔުނިވަރސިޓީ ތައް ބަންދުކޮށް ކުޅިވަރުތައް ހުއްޓާލަން އަންގާ އެއްވެ އުޅުން މަނާކޮށްފައެވެ.

ހުކުރު ދުވަހު އިރާނުން ފާހަގަ ކުރަން ނިންމާފައިވާ  ނައުރޮޒަ އާއަހަރު ފާހަގަ ކުރުން ވެސް ވަނީ ވައިރަސްއާއި ގުޅިގެބް ފަސްކޮށްފައެވެ. މީގެ އިތުރުން ދަތުރު ފަތުރު ކުރުން ހުއްޓާލާ ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރައިސީ ވިދާޅުވި ގޮތުގައި ފާއިތުވީ 24 ގަޑިއިރުތެރޭގައި 149 މީހުން މަރުވެފާ ވާކަމަށާއި ވައިރަސް ޖެހިގެން އެގައުމުން މިހާތަނަށް 1284 މީހުން މަރުވެފައި ވާކަމަށާއި، އިއްޔެ އެކަނިވެސް 1046 މީހުންނަށް ވައިރަސް ޖެހުނުކަމަށެވެ.

މެދުއިރުމަތިން ކޮވިޑް-19 އެންމެ ގަދަޔަށް ފެތުރެމުން އަންނަ އެއްގައުމަކީ އިރާން އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.