ސަރުކާރަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ފައިސާ ދީފާ ނުވާކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ހާމަ ކުރައްވާފައިވަނީ މިއީ ކަންޑައެޅިގެން ބޮޑު ދޮގެއަ ކަމަށާއި، ސަރުކާރަށް ބަޖެޓް ސަޕޯރޓުގެ ގޮތުގައި ޗަމްޕާ އުއްޗު ފައިސާދީފާނުވާ ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަކީ ހިތަށް އެރިހާ އެއްޗެއް ކިޔަމުން ދިޔުންތޯ އައްސަވާ ހަސަން ލަތީފް ވަނީ ސުވާލް އުފައްދަވައިފައެވެ. 

ހަސަން ލަތީފް މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވަމުންދާތީ އާއި އެ ހީނަރުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އެދުމަކަށް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ބަޖެޓު ސަޕޯޓުގެ ގޮތުގައި ސަރުކާރަށް 255 މިލިއަން ރުފިޔާ ޓީބިލްގެ ގޮތުގައި ދެއްވިކަމަށް ނޫހުގައި ލިޔެފައިވާ ހަބަރަކާއި ގުޅިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.