މޮނާކޯގެ ޕްރިންސް އެލްބަރޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް މޮނާކޯގެ ގަނޑުވަރުން  ހާމަކޮށްފިއެވެ. 

މިކަމާއި ގުޅިގެން މޮނާކޯ ގަނޑުވަރުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވަނީ އުމުރުން 62 އަހަރުގެ ޕްރިންސް އެލްބަރޓް ގެ ހާލު އެހާ ގޯސް ނޫންކަމަށެވެ.

ޕްރިންސް ކަރަންޓީނުގައި ހުންނަވައިގެން  މަސައްކަތްތައް ކުރަމުންގެންދާނީ އެމަނިކުފާނު ހުންނަވާ އެޕަރޓްމަންޓުން ކަމަށާއި ،މަންމާފުޅުގެ ނަމުން ނަންދެވިފައިވާ ޕްރިންސަސް ގްރޭސް ހޮސްޕިޓަލުގެ ޑޮކްޓަރުން ޕްރިންސަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. 

މިކަން މެދުވެރިވެފައި މިވަނީ ގަނޑުވަރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް ތައަޔާރުވަމުން ދަނިކޮންނެވެ. މީގެ ދެދުވަސް ކުރިން ޕްރިންސް އެލަބަރޓް ވަނީ ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން އެއްވެ އުޅުމާއި ދަތުރު ފަތުރު ކުރުން މަޑުޖައްސާލަން އަންގާފައެވެ. އަދި ސިއްހީ ބޭނުންތަކާއި، ވިޔަފާރި ކުރުމަށް ނޫން ހާލަތްތަކުގައި ބޭރަށް ނުނިކުތުމަށް އަންގާފައެވެ.

މިހާލަތުން އަރައިގަނެވޭނީ ކަމާބެހޭ ފަރާތްތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް އަމަލު ކޮށްގެން ކަމަށް ޕްރިންސް އެލްބަރޓް ވިދާޅުވިއެވެ. 

ކޮވިޑް-19 އާއި ގުޅިގެން މޮނާކޯ ގްރޭންޑް ޕްރިކްސް ވެސް ވަނީ ކެންސަލް ކުރެވިފައެވެ. މޮނާކޯ އިން މިހާތަނަށް ވައިރަސް ޖެހިފައިވަނީ 9 މީހުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *