ކޮވިޑް 19 އާއި ގުޅިގެން ސްކޫލް ތައް ބަންދު ކުރުމުން ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމަަށް މިނސްޓްރީ އޮފް އެޑިއުކޭޝަނުން ފެށި ޓެލިކިލާސްތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށް މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާރިޗް 19 އިން 26 އަށް ސަރުކާރު ބަންދުކުރެއްވުމަށް ނިންމެވުމާއި ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓެލިކިލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރު ކޮށްދިނުމަށް ސްކޫލްތަކުން ރާވާފައިވާ ކިޔަވައިދިނުމުގެ ޕްރޮގެރާމްތައް މިމުއްދަތުގައި މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން މިދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭއިރު ބެލެނިވެރިން ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުން.

ގޭބިސީއަށް އެއްކޮށް ކުރެވޭނެ ކަންތައްތައް ރާވާ އާއިލީ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުން.

ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ހިޔާލު ތަނަވަސް ކުރެވޭނެ ހަރަކާތްތަކުގައި އެކުދިން މަސްއޫލްކުރުވުން

ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރިކުރުވުން

ފޮތްކިއުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވޭނެ ހަރަކާތްތަކުގައި ދަރިވަރުން މަސްއޫލްކުރުވުން

ކުދިންގެ ނަފްސާނީ އަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ސަމާލްކަން ދިނުން

ކޮވިޑް-19 އާޢި ގުޅޭ މައުލުމާތު ދަރިވަރުންގެ އުމުރާއި ގުޅޭ ގޮތުން އެކުދިންނާއި ހިއްސާކުރުން

އެކަކު އަނެކަކު އަޅާލާ އޯގާތެރިވުން

ދަރިވަރުންގެ އަމިއްލަ ކަންތައްތަކަށް އެކުދިން ޒިންމާކުރުވުން

ދަރިވަރުންނަށް އިޤްތިޞާދުކުރަން ދަސްކޮށްދިނުން

އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ މިދުވަސްތަކުގައި ހުރިހާ ބޭފުޅުންވެސް އާންމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި އިޖްތިމާއީ ޤައިދުރުކަމަށް ( ސޯޝަލް ޑިސްޓެންދިންގ) އަށް ސަމާލުކަންދީ ގޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *