ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ އަލާމާތް ތަކެއް ހުރި އުމުރުން 4 އަހަރުގެ ކުއްޖަކަށް އައިބްރޫފަން ދިނުމުން ހާލު ގޯސް ވެއްޖެއެވެ.

މިކުއްޖާގެ ހާލު ގޯސްވުމުން ކޮރޯނާވައިރަސް ގެ އަލާމާތްތައް ހުންނަ ފަރާތްތަކުން ބައްޔަށް ލުޔެއް ހޯދުމަށް އައިބްރޫފަން ބޭނުން ނުކުރުމަށް ސިއްހީ ފަރާތްތަކުން ވަނީ އިންޒާރު ދީފައެވެ.

އުމުރުން 4 އަހަރުގެ އެމީލިއާ މިލްނަރ ކެއްސާ ހުންގަދަވުމުން އޭނާގެ މައިންބަފައިން އޭނާއަށް އައިބްރޫފަން ދިނުމާއި އެކު އެކުއްޖާ ވަނީ ހުން އިތުރަށް ގަދަވެ، ތުރުތުރުއަޅާ ،ދެލޯ ހުޅުވަން އުނދަގޫވެ ހޮޑުލެވިފައެވެ. އޭނާގެ ދޮންބައްޕަ މައުލޫމާތު ދީފައިވާ ގޮތުގައި ބޭސް ދިންތާ ގަޑިއެއްހާއިރު ފަހުން އެމީލިއާ ގެ ހުން 39.4 އަކަށް އެރިއެވެ.

އައިބްރޫފަން ބޭނުންކުރުމުން ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ފްރާންސްގެ ހެލްތު މިނިސްޓަރ ޑރ. އޮލިވިއަރ ވެރަން ވެސް ވަނީ މީގެ 2 ދުވަސް ކުރިން ވިދާޅުވެފައެވެ.

އައިބްރޫފަން އަދި ކޯޓިސޯން ފަދަ ބޭސްތަކަކީ "އެންޓި-އިންފްލެމެޓޮރީޒް" ކަމަށާއި، ހުންއަންނަނަމަ ޕެރެސެޓަމޯލް ބޭނުންކުރަން އޭނާ ވިދާޅުވިއެވެ.

ތަޖުރިބާ ކާރުން ބުނެފައިވާގޮތުގައި އައިބްރޫފަން ފަދަ ބޭހަކީ ދުޅަތިރިކުރުމަށް ބޭނުންކުރާ ބޭސް ކަމަށާއި ބައްޔަކާއި ހަނގުރާމަ ކުރަމުން ދާއިރު ގުދުރަތީ ގޮތުން ހަށިގަނޑު ދުޅަވާއިރު އެކަން ހުއްޓުމަށް ބޭސް ބޭނުންކުރުމުން ބަލިފަސޭހަނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.