ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ދިރާސާ ކުރައްވަމުން ގެންދަވާ " މޫސުމަށް އަންނަބަދަލުތަކާބެހޭ ބިލް" އަށް އާންމުންގެ ޙިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މިބިލަށް ހިޔާލު ހޯދުމަށް ހުޅުވާލާފައިމިވަނީ މިއަދުން ފެށިގެން 25 މާރިޗު ގެ ނިޔަލަށެވެ.

މިބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 25 މާރިޗު 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް ނުވަތަ މަޖިލިސް ގެ އިދާރާއަށް ލިއުމަކުން ފޮނުވުމަން ރައްޔިތުންގެ މަޖިލިސް އިން ވަނީ ބުނެފައެވެ.

" މޫސުމަށް އަންނަބަދަލުތަކާބެހޭ ބިލް"  އަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑާއި ތަންފީޒީ ސިޔާސަތުތައް އެކުލަވާލުމުގެ މަގުސަދުގައި ހުށަހެޅި ބިލެކެވެ.

ބިލުގައިވާ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދުރުރާސްތާ އަދި މެދުރާސްތާގެ ޕްލޭނެއް އެންވަޔަރަމެންޓް މިނިސްޓްރީއިން ހަދަން ޖެހޭނެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގައުމީ އެކްޝަން ޕްލޭނެއްވެސް އެކުލަވާލަން ޖެހޭނެ އެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށީގެ ކުއްލި ހާލަތު ރާއްޖޭގައި ވަނީ އިއުލާން ކުރެވިފައެވެ. މި ގަރާރު މަޖިލީހުން ފާސްކުރީ 68 މެންބަރުންގެ ވޯޓާއެކު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.