އެމެރިކާގެ ހޮސްޕިޓަލްތައް ތައްޔާރީ ޙާލަތަކަށް އަންނަންވީ، މި ރޯގާ އެންމެ ބޮޑަށް ގޯސްވެގެންދާ ދަނޑިވަޅެއްގައި 96 މިލިއަން މީހުނަށް ޖެހި 5 ލައްކަ މީހުން މަރުވެދާނޭ ކަމަށްބަލައިގެންކަމަށް، އެމެރިކާގެ ޑޮކްޓަރުން އިރުޝާދު ދީފިއެވެ.

އެމެރިކާގެ ހޮސްޕިޓަލްސް އެސޯސިއޭޝަންއިން ބޭއްވީ، ވީޑިއޯ ސެމިނަރއެއްގެ ތެރެއިން ލީކުވި ލިޔެކިޔުންތަކެއް ކަމަށްބުނެ، ބިސްނަސް އިންސައިޑަރ ނޫހުން ހާމަކުރި ލިޔުންތަކުން އެނގޭގޮތުގައި އެމެރިކާ ތައްޔާރުވަމުންދަނީ 96 މިލިއަން މީހުންނަށް މި ވައިރަސް ޖެހިދާނެކަމަށް ބަލައިގެން އެކަމަށްޓަކައި ހޮސްޕިޓަލްތަކުގެ އިންތިޒާމް ހަމަޖެއްސުމަށެވެ.

ޔުނިވަރސިޓީ އޮފް ނެބްރަސްކާ މެޑިކަލް ސެންޓަރުގެ ޕްރޮފެސަރ ޑރ. ލޯލާރ ހާމަކުރި ގޮތުގައި، މި ސެމިނަރގައި އޭނާގެ ފަރާތުން ހުށައެޅި ގިނަ ސްލައިޑްތަކުގައި ހުންނާނީ، މި ބަލި އެންމެ ބޮޑަށް ފެތުރިގެން ދާ ދަނޑިވަޅެއްގައި ހޮސްޕިޓަލްތަކާއި، ސިއްޙީ އެހީތެރިންނަށް ކުރާނޭ އަސަރު އަންދާޒާކޮށްފައެވެ. "ސިއްޙީފަރުވާ ދޭ އިސްވެރިންނަށް އެނގެންޖެހޭ ކަންކަން' މި ނަމުގައި ޑރ. ލޯލަރގެ ލިޔުން ހުށައެޅީ 26 ފެބްރުއަރީގައެވެ.

ޑރ. ލޯލަރ ލަފާކުރާ ގޮތުގައި މިބަލި 96 މިލިއަން މީހަކަށް ޖެހި ހަތަރު ލައްކަ އައްޑިހަ ހާސް މީހުން މަރުވެދާނެއެވެ. އަދި މި ވައިރަސް އެންމެ ބޮޑަށް ޖެހޭނީ އުމުރުން ދުވަސްވީ މީހުނަށް ކަމަށް ވެސް ލަފާކުރެވެއެވެ. އެގޮތުން 80 އަހަރުން މަތީގެ މީހަކަށް މި ވައިރަސް ޖެހިއްޖެނަމަ އެމީހަކު މަރުވުމުގެ ފުރުސަތު 14 އިންސައްތައަށް އިތުރުވެއެވެ. 70-79 އަހަރާއި ދެމެދުގެ މީހުންނަށް މި ފުރުސަތު 8 އިންސައްތަކަށް ލަފާކުރާއިރު، 60-60 އިންސައއްތަ މީހުންގެ ތެރެއިން މަރުވާނެކަމަށް ލަފާކުރަނީ 3.6 އިންސައްތައެވެ. މީގެ ތެރޭގައި ހިތުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް މި ފުރުސަތު 10 އިންސައްތަ އާއި ހަމައަށް ބޮޑުވެއެވެ. ނަމަވެސް ކުރީގައި އެއްވެސް ބައްޔަކަށް ފަރުވާ ނުހޯދާމީހުން، މި ބަލީގައި މަރުވާނެކަމަށް ލަފާކުރާ ރޭޓަކީ 1 އިންސައްތައެވެ.

އެހެންކަމުން ޑރ. ލޯލަރ އިރުޝާދުދެނީ މިކަމަށް ހުރިހާ ހޮސްޕިޓަލްތަކުން ތައްޔާރުވެ މި ޢަދަދު ދަށްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދުރާލާ ކުރުމަށެވެ.

ޑރ. ލޯލަރ އަކީ ޖޯޖް. ޑަބްލިއު ބުޝްގެ ދުވަސްވަރު ހޯމްލޭންޑް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުކަމާއި، ބަރަކް އޮބާމާގެ ވެރިކަމުގައި ނެޝަނަލް ސެކިއުރިޓީ ކައުންސިލްކަން ކޮށްފައިވާ ޑޮކްޓަރެކެވެ. ދާދިފަހުން ޑަޔަމަންޑް ޕްރިންސަސް ކުރޫޒްލައިނަރ އިން ގެނެވުނު މީހުނާއި، ޗައިނާއަށް ދަތުރުކުރުމުން ކޮވިޑް-19 އަށް ޕޮސިޓިވް މީހުނަށް ފަރުވާ ދިނުމުގައިވެސް ހަރަކާތްތެރިވެފައެވެ.

މި ބައްޔަށް ފަރުވާދިނުމަށް 8.3 ބިލިއަން ޑޮލަރުގެ ކުއްލި ބަޖެޓެއް އެމެރިކާއިން ވަނީ ފާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.