ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވުމާއި ގުޅިގެން މާލޭގައި ހިންގާ ގިނަ ޖިމްތައް މިއަދުން ފެށިގެން 28 މަރޗް ގެ ނިޔަލަށް ބަންދުކުރުމަށް ނިންމައިފިއެވެ.

މިއީ މުޖްތަމަޢު އަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖޭންސީ އާއި ހެލްތު މިނިސްޓްރީ އިން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ޓަކައި މާލޭގައި ހިންގާ ޖިމް އަދި ފިޓްނަސް ސެންޓަރުތައް އެކުވެގެން މިއަދު ބޭއްވި ބައްދަލުމުވުމެއްގައި ނިންމި ނިންމުމެކެވެ. މިކަމާއި ގުޅިގެން އާންމުންނާއި މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ، އަޙްމަދު ޒިނާން ޖަޒީރާއަށް މަޢުލޫމާތު ދެމުން ބުނީ، މިއީ ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރިތައް އިނދަޖެހިގެން ހިނގައިދާނޭ ފަދަ ނިންމުމެއް ކަމަށާއި، ނަމަވެސް ޖިމްތަކުގެ މެނޭޖްމަންޓަށް މިވަގުތު މުހިންމުވީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް އެއްބާރުލުން ދިނުންކަމަށެވެ.

ޖިމްތަކުގެ ފަރާތުން މި ނިންމުން މިއައީ ޖިމްތަކުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށް، އާންމުންގެ ހާސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *