ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހު 18 އިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް މެލޭޝިއާ ބަންދުކުރިކަން ބޮޑުވަޒީރު މުހްޔިއްދީން ޔާސީން މިރޭ އިއުލާން ކުރައްވައިފި އެވެ.

މެލޭޝިއާ ބަންދުކޮށްފައި އޮންނަ މުއްދަތުގައި އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި ހުރިހާ ވިޔަފާރިތަކެއް ވެސް ބަންދުވާނެ ކަމަށް ވަނީ ބުނެފައެވެ.

ގައުމީ ޓީވީން މެދުވެރިކޮށް ބޮޑުވަޒީރު ދެއްވި ބަޔާނުގައި ވިދާޅުވީ "މޫވްމަންޓް ކޮންޓްރޯލް އޯޑާ" (ހަރަކާތްތައް ކޮންޓްރޯލް ކުރުމުގެ އަމުރު) މި މަހުގެ 31 ގެ ނިޔަލަށް ދެމި އޮންނާނެ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ ކަންކަން ގޯހުންގޯހަށްދަންދެން މަޑެއް ނުކުރެވޭނެ ކަމަށާއި ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަން ޖެހޭނެކަމަށެވެ. އޭގެ ތެރޭން އެންމެ މުހިންމު ކަމަކީ އާއްމުން ބޭރަށް ނުކުމެ އުޅުން މަދުކުރުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *