އިއްޔެ ރާއްޖެއައި ޤަތަރު އެއަރވޭސް ފްލައިޓުން ދަތުރުކުރި ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ކޮވިޑް-19 އަށް "ނެގެޓިވް" ވެފައިވާކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ސްޕެއިން އަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެއައި މި ދިވެހި މީހާގެ ފުށުން އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްތައް ހަދައި މޮނިޓަރ ކުރުމަށް އިއްޔެ އޭނާ ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރެވިފައެވެ.

މީގެއިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހުޅުމާލެއިން އިއްޔެ އައިސޮލޭޝަނަށް ގެންދެވުނު ދިވެހި މީހާވެސް ނެގެޓިވް ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *