އެޑިއުކޭޝަން މިނިސްޓްރީން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލުތަކަށާއި، ޓިއުޝަން ކްލާސްތަކާއި ގުރްއާން ކްލާސްތަކާއި ހުރިހާ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ކޮވިޑް19 އާ ގުޅިގެން ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެ ސާކިއުލާގައި އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތައް ފަދަ އެއްވެސް ކަލާހަކަށް ދަރިވަރުން ނުފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައެވެ. މީގެއިތުރުން ސްކޫލް ބަންދުކޮށްފައިވާ މުއްދަތުގައި މުދައްރިސުން ވެސް ފޭސް-ޓު-ފޭސްކޮށް އެފަދަ ކިލާސްތައް ނުނެގުމަށް ވެސް އެޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ތެރޭގައި ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގައާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި، ޤުރްއާން ކްލާސްތަކާއި އެހެނިހެން ތައުލީމުދޭ ކްލާސްތަކުގައި ކިޔަވައިދިނުން ހުއްޓާލަން ވަނީ އަންގައިފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި ވަނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.