ކޮވިޑް 19 އާ ގުޅިގެން އިތުރު ހަފުތާއަކަށް ސްކޫލުތައް  ބަންދު ކޮށްފި ކަން ސަރުކާރުން އިއުލާން ކޮށްފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ  ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވި ގޮތުގައި، ވައިރަސްއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު އަދިވެސް ހުރީ 13ގަ އެވެ.

މަބްރޫކް ވިދާޅުވީ ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީން ރާއްޖެ އައި ނުވަ މީހަކާއި ތުރުކީވިލާތުގެ އެކަކާއި އިނގިރޭސިވިލާތުގެ އެކަކާއި ސައުތު އެފްރިކާގެ އެކަކު އަދި ޖަރުމަނުވިލާތުގެ އެކަކުކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި ހަ ފިރިހެނުންނެވެ.

ކޮވިޑް 19 އާ ގުޅިގެން އިތުރު ހަފުތާއަކަށް ސްކޫލުތައް ބަންދުކުރި އިރު، މި ހަފުތާ އަކީ ވެސް ހަމަ ބައްޔާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ހަފުތާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.