19 ވަނަ ރައްޔިތުންގެ މަޖިލިސް، އެހެން މަޖިލިސްތަކާއި ތަފާތު ވާ އެއް ސަބަބަކީ ތިމާވެއްޓަށް ދޭ އަހައްމިއްޔަތު ކަމެވެ. އެގޮތުން ދުނިޔެގައި ވެސް އެންމެ ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިއުލާނު ކުރުމަށް ގަރާރެއް ފާސްކުރީ މި މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުން މިހާރު ދަނީ ކްލައިމެޓް ޗޭންޖް ބިލްގެ ނަމުގައި ވަރަށް މުހިންމު ބިލެއް ފަރުމާކުރަމުންނެވެ. މި ބިލު ވުޖޫދުވެގެންދިއުމާއިއެކު ރާއްޖޭގައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ އެވެ.

މި ބިލާއި ގުޅޭގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް މިހާރު ބައްދަލުވުމެއް ވަނީ ބާއްވާފައިއެވެ. މި ބިލު އެކުލެވިގެންދިއުމާއި އެކު ރާއްޖެ ވެގެންދާނީ މިފަދަ ބިލެއް ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް އެކުލަވާލާ ގައުމަކަށެވެ.