ދުނިޔޭގެ އެންމެގިނަ ފިލްމު އުފައްދާ ބޮލީވުޑް އަށް ކޮވިޑް-19 ގެ ސަބަބުން މިހާތަނަށް 400 ކްރޯޑްގެ ގެއްލުމާއި ކުރިމަތިލާން ޖެހިއްޖެއެވެ. މި ރޯގާ އިތުރަށް ފެތުރިބޮޑު ގެއްލުމެއް ކުރިމަތި ނުވާނޭހެން ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" ރިލީސްކުރުން ވަނީ ފަސްކޮށްފައެވެ. މީގެ އިތުރުން ޔަޝް ރާޖް ފިލްމްސްގެ "ޖަޔެޝްބާއީ ޖޯދާރ" ރިލީސްކުރުން ވަނީ 2 އޮކްޓޯބަރަށް ފަސްކޮށްފައެވެ. އަދި އެކްސައިޓް މޫވީސްގެ "ތޫފާން" ރިލީސްކުރާނީ 18 ސެޕްޓެމްބަރ ގައެވެ.

ޖައްމޫ، ކަޝްމީރު، ދިއްލީ އަދި ކެރަލާގެ ހުރިހާ ތިއެޓަރތަކެއް ބަންދުކޮށްފައި ހުއްޓާ އެޅުވި، އިރްފާން ޚާންގެ "އަނގްރޭޒީ މީޑިއަމް"ގެ އެންމެ ފުރަތަމަ ދުވަހު ކުރެވުނީ އެންމެ 4.01 ކްރޯޑްގެ ވިޔަފާރިއެވެ. އެހެންކަމުން ހާލަތު ރަގަޅު ވުމުން އަލުން "އަނގްރޭޒީ މީޑިއަމް" އެޅުވުމަށް ވަނީ ނިންމާފައެވެ.

ބޮލީވުޑްގެ އެވޯޑް ޝޯތަކަށްވެސް މީގެ ސަބަބުން އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ޒީ ސިނެ އެވޯޑްސް ބޭއްވީ ވަރަށް މަދު ބަޔަކާއި އެކު އިންޑޯރ ހޯލެއްގައެވެ. އައިފާ ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.