ރަށްވެހިފަތިސް ކެމްޕޭން ބައްދަލުވުމުގެ ތެރެއިން (13 މާރިޗު 2021) -- ފޮޓޯ: މުންޝިދު / އެމްޑީޕީ

މިއަހަރު ނިމެންވާއިރަށް މ. އަތޮޅަށް ރަނގަޅު ބަދަލުތަކެއް އަންނަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީއިން އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރިޔަށް ގެންދާ ރަށްވެހި ފަތިސް ކެމްޕޭންގެ ތެރެއިން މ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެ އަތޮޅުގެ ތަރައްގީއަށް މިއަހަރު ހިންގޭ އެންމެ މުހިންމު މަޝްރޫއުތަކަށް ވެގެންދާނީ މ. މުލީގައި ތަރައްގީކުރާ އެއަރޕޯޓްގެ މަސައްކަތާއި ފިޝަރީޒް ހަބެއްގެ ގޮތުގައި އެ އަތޮޅު ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ މަސައްކަތެވެ. މީގެއިތުރުން ވެސް އެހެނިހެން ޕްރޮޖެކްޓްތައް ވެސް ކުރިޔަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން އަތޮޅުތަކެކޭ ވެސް އެއްގޮތަށް މ. އަތޮޅުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި އެންމެ އިސްކަމް ދެއްވަނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށް ކަމަށާއި ފެށިގެންދާ މަޝްރޫއުތަކާއެކު މިއަހަރު ނިމިގެންދާއިރު އެ އަތޮޅުން ރަނގަޅު ބަދަލެއް ފެނިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ ރަށްތަކަށް ދިމާވެފައިވާ މައްސަލަތައް ރައީސްއާ ހިއްސާކުރައްވާފައެވެ. ރައީސް ސޯލިހު ވަނީ މިކަންތައްތަކާއި ގުޅިގެން އަމަލުކުރައްވާނެ ގޮތްތައް ވަރަށް ތަފްސީލްކޮށް ހާމަކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވެސް ވަނީ އެބޭފުޅުންގެ ދާއިރާތަކުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *