ކޮރޯނާ ވައިރަސް އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އއ. ރަސްދޫ އަށް ފަތުރުވެރިން ނުގެންދިޔުމަށް ނިންމައިފި އެވެ.

ރަސްދޫ ކައުންސިލުން އާންމު ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައި ވާތީ، އެ ރަށުގެ ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތަކުގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު، ރަސްދޫ އަށް މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ފަތުރުވެރިން ނުގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

ރަސްދޫ އަށް ފަތުރުވެރިން ނުގެންދަން ނިންމި އިރު އެ އަތޮޅު ތޮއްޑޫ އިން ވެސް ވަނީ ކޮރޯނާ އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ރަށަށް ފަތުރުވެރިން ނޭރުވުމަށް ނިންމައިފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *