ދުނިޔޭގެ މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމުގެ މައިދާނުގައި ފޮނުވާލާބާރުގަދަ ހަމަލާއަކަށް ވުރެން އޭނާގެ އިންސާނިއްޔަތުކަމާ އެހެން މީހުންނަށް އެހީތެރިކަން ފޯރުކުރުމުގެ ބާރު މާގަދައެވެ. ރަން ބޫޓް ހާސިލް ކޮށްފައިވާ ރޮނާލްޑޯގެ ހިތަކީ ރަނުގެހިތެއްކަމުގައި ބުނުމަކީ ގޯހަކަށް ނުވާނެއެވެ.

ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރޮނާލްޑޯ ކޮށްދީފައިވާ ކަންތައްތަކަށް ބަލާލާއިރު 2011 ވަނަ އަހަރު ރޮނާލްޑޯ ވަނީ 40 ގޯލް ފުރިހަމަކޮށް "ޔޫރަޕިއަން ގޯލްޑަން ބޫޓް" ހާސިލް ކޮށްފައެވެ. ނަމަވެސް ލިބިފައިވާ އެވޯރޑުތަކަށް އިތުރު އެވޯރޑެއް ހިމެނުމުގެ ބަދަލުގައި ރޮނާލްޑޯއަށް ލިބުނު ރަން ބޫޓު އޭނާ ވަނީ ނީލަން ކިއާފައެވެ. އެބޫޓު 1.2 މިލިއަން ޕައުންޑަށް ވިއްކާލުމަށްފަހު ލިބުނު ފައިސާ ފަންޑު ކުރީ ހަނގުރާމައިން ނެތިގޮސްފައިވާ ގާޒާގައި ސްކޫލް ބިނާ ކުރުމަށެވެ.


2017 ވަނަ އަހަރުވެސް ރޮނާލްޑޯ ވަނީ އޭނާއަށް ލިބުނު އެވޯޑެއް ވިއްކާލާފައެވެ. ނުރައްކާތެރި ބަލިތައް ތަހައްމަލް ކުރަމުންއަންނަ ކުޑަކުދިންނަށް އެހީވާ " މޭކް އަ ވިޝް ފައުންޑޭޝަން" އަށް އެހީވުމަށް ރޯނާލްޑޯ ވަނީ 2013 ވަނަ އަހަރު އޭނާއަށް ލިބުނު ބެލޯން ޑީއޯ އެވޯރޑް 530،000 ޕައުންޑަށް ވިއްކާލުމަށްފަހު އެ ފައިސާ މޭކްއަވިޝް ފައުންޑޭޝަނަށް ހަދިޔާ ކޮށްފައެވެ.

ރޮނާލްޑޯ އަކީ ތިން ޗެރިޓީއެއްގެ އެމްބަސެޑަރަކުކަން ކުރަމުން އަންނަ މީހެކެވެ. އޭނާ ވަނީ 2014 ވަނައަހަރުގެ ބެލޯން ޑީއޯ ގައި ވާހަކަ ދައްކަމުން އޭނާ އާއި ބައްދަލުވެފައިވާ ލިއުކީމިއާ އާއި ހަނގުރާމަކުރަމުންދާ ކުޑަކުދިންގެ ވާހަކަ ހާމަކޮށް އެކުދިންގެ އަޑު އުފުލާފައެވެ. ރޮނާލްޑޯ އަކީ "ސޭވް ދަ ޗިލްޑްރަން" "ޔުނިސެފް" އަދި "ވޯލްޑް ވިޝަން" ގެ އެމްބަސެޑަރެވެ.

2016 ވަނަ އަހަރު ރޮނާލްޑޯ ވަނީ ސީރިއާގެ ހަނގުރާމައިގައި ގެއްލުންލިބިފައިވާ ކުދިންނަށް ރޮނާލްޑޯ އެކުދިންނާއި އެކު ހުރިކަން ބުނެދިނުމަށް ހާއްސަ މެސެޖެއް ރެކޯޑު ކޮށްފައި ފޮނުވާފައެވެ. އަދި އޭނާ ވަނި އަދަދު ހާމާ ނުކުރުމަށް ބުނެ ސިއްރު އެހީ އެއްވެސް ވަނީ އެކުދިންނަށް ވެފައެވެ.

2013 ވަނަ އަހަރު ޔުއެފާ ޓީމް އޮފް ދަ އިޔަރ އިން 100،000 ޔޫރޯ ލިބިފައެވެ. ނަމަވެސް ޗެކްގައި ހިފުމުގެ ބަދަލުގައި ރޮނާލްޑޯ އެފައިސާ ހަދިޔާކުރީ ރެޑްކްރޮސް އަށެވެ. މީގެ އިތުރުން ލޮސް ބްލާންކޯސް އިން ބޯނަސް ގެ ގޮތުގައި ލިބުނު 450،000 ޕައުންޑުވަނީ އޭނާ އެމްބަސެޑަރުކަންކުރާ 3 ޗެރިޓީއަށް ހަދިޔާކޮށްފައެވެ.

އެހެން ގިނަ ފުޓްބޯޅަ ކުޅުންތެރިންނާއި ހިލާފަށް ރޯނާލްޑޯ ގައިގަ އެއްވެސް ޓެޓޫއެއް ޖަހާފައެއް ނުހުރެއެވެ. އެއީ ސަބަބެއް ނެތި އެއް ނޫނެވެ. ރޮނާލްޑޯ އަކީ ގަވާއިދުން ލޭހަދިޔާ ކޮށް، ލޭހަދިޔާ ކުރުމަށް ބާރު އަޅަމުން އަންނަ މީހެކެވެ. މީގެ އިތުރުން ރޮނާލްޑޯވަނީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ކާރލޯސް މާޓިންސް ގެ ދަރިފުޅަށް ބޯންމެރޯ ހަދިޔާކޮށްފައެވެ.

މީގެއިތުރުން 2015 ވަނަ އަހަރު ނޭޕާލްގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރޮނާލްޑޯ ވަނީ 5 މިލިއަން ޑޮލަރު ކުދަކުދިންގެ ފަންޑަށް އެހީވުމަށް ހަދިޔާކޮށްފަ ކަމަށް ބުނެވެއެވެ. އެހާދިސާގައި 9،000 މީހުން މަރުވެ 22،000 މީހުންނަށް އަނިޔާވިއެވެ.

2007 ވަނަ އަހަރު ރޮނާލްޑޯގެ މަންމަވަނީ ކެންސަރުން ސަލާމަތްވެފައެވެ. އެކަމަށް ޝުކުރުއަދާކުރުމުގެ ގޮތުން ޕޯޗުގަލްގެ ކެއަރ ސެންޓަރަށް ރޮނާލްޑޯ ވަނީ 120،000 ޕައުންޑް ހަދިޔާކޮށްފައެވެ.

ލުބްނާންގެ ވެރިރަށް ބެއިރޫތްގައި ދިން ޖާނުން ފިދާވުމުގެ ހަމާލާއެއްގައި ރިއަލްމެޑްރިޑްގެ ތުއްތު ސަޕޯރޓަރެއް ކަމުގައި ވާ ހައިދަރް ވަނީ ޔަތީމުވެފައެވެ. ލުބްނާނުގެ ރިޕޯރޓަރެއް ސްޕެނިޝް ޖަޔަންޓްސް އަށް އެހަބަރު ދިނުމުން އެކުއްޖާއަށް ވަނީ އެ ކްލަބަށް ދައުވަތުދީ ރޮނާލްޑޯ އާ ބައްދަލުވެފައެވެ. ރޮނާލްޑޯ އަދި ހައިދަރް ބައްދަލުވާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އެތައްބަޔަކު ރޮއްވާލާފައެވެ.

2009 ވަނަ އަހަރު ޓަރމިނަލް ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ އުމުރުން 9 އަހަރުގެ ނުހުޒެތް ގުއިލަން، އާއި އެކުއްޖާގެ އާއިލާއަށް ރޮނާލްޑޯވަނީ ރިއާލް މެޑްރިޑްގެ ޓީމް ހުރި ހޮޓަލަށް ދައުވަތު ދީފިއެވެ. އަދި ނުހުޒެތް އަށް މެޗުބެލުމަށް ހާއްސަ ތަނެއް ހަމަޖައްސާ އޭނާއަށް ހާއްސަކޮށްގެެން ގޯލެއް ރޮނާލްޑޯ ވަނީ ޖަހާފައެވެ. އަދި މެޗުގައި ބޭނުންކުރި ޓީޝާޓްވަނީ ނުހުޒެތްއަށް ހަދިޔާކޮށްފައެވެ. ނުހުޒެތް ގެ ބައްޕައާއި ވާހަކަ ދެއްކުމުން ރޮނާލްޑޯ އަށް އެނގުނީ އެކުއްޖާއަކީ ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ކުއްޖެއް ކަމެވެ. ދެވޭނެ މާގިނަ ފަރުވާ އެއް ނެތްނަމަވެސް ރޮނާލްޑޯވަނީ އަމިއްލަ ހޮސްޕިޓަލެއްގައި ނުހުޒެޓްގެ ފަރުވާ ގެ ހުރިހާ ހަރަދެއް ބަލަހަށްޓާފައެވެ. އެކުއްޖާވަނީ 2013 ވަނަ އަހަރު މަރުވެފައެވެ.

އެހެން ގިނަ މަޝްހޫރު މީހުންނާއި ހިލާފަށް ރޮނާލްޑޯއަކީ އޭނާގެ ސަޕޯޓަރުންނަށް ކޮންމެ ވަގުތެއްގައި ބައްދަލުވިޔަސް ސަޕޯޓަރުން މާޔޫސް ކޮށްލާ މީހެއްނޫނެވެ. ސަޕޯޓަރުން އެދިއްޖެނަމަ ފޮޓޯނަގާ އޮޓޯގްރާފްދީ ސަޕޯޓަރުންނާއި ބައްދަލު ކުރުމަށް ރޮނާލްޑޯ އެއްވެސް ޖެހިލުމެއްނެތި އެމީހުނާއި އެކު ވަގުތު ހޭދަކުރެއެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ 10 މަހުގެ އެރިކް އޯޓިޒް ކްރޫޒް ގެ ސިކުނޑީގެ ސަރޖަރީއަކަށް 55،000 ޕައުންޑް ހަރަދުކޮށް އޭގެ އިތުރުން ހިނގާ ހަރަދުތައްވެސް ކޮށްދީފައެވެ.

ރޮނާލްޑޯ ގެ ޕޯރޗުގީޒް އަށް ނިސްބަތްވާ އެކުވެރިޔާ ސުޕަރ އެޖެންޓް ޖޯރޖެ މެންޑަސް ގެ ކައިވެނީގެ ހަދިޔާއަކަށް ރޮނާލްޑޯ ވަނީ ގްރީކް ގެ ރަށެއް ހަދިޔާ އަކަށް ދީފައެވެ. އެރަށް ގަތުމަސް ރޮނާލްޑޯ ވަނީ 40 މިލިއަން ހަރަދު ކޮށްފައެވެ.

މީގެ އިތުރުން ލަ ޑެސީމާ ގެ ކާމިޔާބީގެ ހަދިޔާއަކަށް ރިއަލް މެޑްރިޑް ގެ ކޮންމެ ކުޅުންތެރިއަކަށް ރޮނާލްޑޯވަނީ ބްވަލްގެރީ ގެ ލަގްޒަރީ ގަޑިއެއް ގައި ކޮންމެ މީހެއްގެ ނަން ލިއުމަށްފަހު ހަދިޔާ ކޮށްފައެވެ. މީގެ ކޮންމެ ގަޑިއެއްގެ އަގަކީ 5،000 ޕައުންޑެވެ.

ރޮނާލްޑޯ ވަނީ އޭނާ ކުޑައިރު ބަނޑުހައި ހޫނުކަމުގައި ކާއެއްޗެއް ނުލިބިގެން ސަލާންޖެހިއިރު މެކްޑޮނަލްޑްސް އިން އޭނާއަށް ހިލޭ ބަރގަރ ކާންދިން ތިން އަންހެނެއް ހޯދުމަށް އިއުލާން ކޮށްފައެވެ. އަދި އޭނާއަށް އެތަނުން އެކަކު ވަނީ ބައްދަލުވެ، ރޮނާލްޑޯ ވަނީ އެމީހާ ގޮވައިގެން ކެއުމަކަށް ގޮސްފައެވެ.

ރޮނާލްޑޯ އަކީ ނިކަމެތި އާއިލާއަކަށް އުފަން ފަގީރު ހަޔާތެއް ވޭތުކުރަމުން ކާމިޔާބީ އާ ހަމަޔަށް އައިސްފާވާ ރަންހިތެއްގެ ވެރިއެކެވެ. ރޮނާލްޑޯ އުޅެބޮޑުވި ނިކަމެތި ހާލު ހަނދާން ނައްތާނުލާ ކަމުގެ އެއް ހެއްކަކީ އޭނާ މެދުކެނޑުމެއްނެތި އެހެން މީހުންނަށް ވަމުންދަ ދީލަތި އެހީ ތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.