ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން އައިސޮލޭޝަންގައި ފަރުވާ ދެމުންދިޔަ ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ އައިސީޔޫއަށް ބަދަލު ކޮށްފި އެވެ.

އެ ދެމީހުން ދަރުމަވަންތައަށް ބަދަލު ކުރީ އުމުރަށް ބަލާފައި ކަމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުހައްމަދު ވިދާޅުވި ނަމަވެސް އެ ދެމީހުންގެ އުމުރު ހާމަ ކޮށްފައެއް ނުވެއެވެ.

ރޭގަ އެދެމީހުން ފުރަތަމަ ފަހަރަށް ވައިރަސް ޓެސްޓު ކުރެވުނުއިރު ނަތީޖާ ނެގެޓިވް ކޮށް ދެއްކި ނަމަވެސް ބަލީގެ އަލާމާތްތައް ފެންނާތީ ދެވަނަ ފަހަރު ޓެސްޓު ކުރީކަމަށާއި އެޓެސްޓުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ޑރ. މޫސަ ވިދާޅުވިއެވެ. އަދި އެދެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ވިދާޅުވިއެވެ.

ދަރުމަވަންތައިގަ ގާއިމްކޮށްފައިވާ އައިސީޔޫގައި މިވަގުތު ޖުމްލަ ހަތަރު މީހަކު އެބަތިއްބެވެ. އެއީ ކުރިން އެތަނުގައި ތިބި ކޮވިޑް-19 އަށް ޕޮސިޓިވް ދެމަފިރިންނެވެ.

މިހާރު ރާއްޖޭގައި ކޮރޮނާ ވައިރަސް ޖެހިފައިވާ 13 މީހުން ތިބި އިރު ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ހުރީ ދަރުމަވަންތައިގެ އައިސީޔޫ އެކަންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.