މިއަދު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ދެ ބިދޭސީން ތިބި އައިލެންޑް ސަފާރީ-1 ގައި ތިބި ހުރިހާ އެންމެން ކަރަންޓީން ކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަހަށް ޕޮސިޓިވްވެފައި ތިބި ދެމީހުން މިވަގުތު ތިބީ އެ ސަފާރީގައި ކަމަށެވެ. އަދި އެ ސަފާރީ މިހާރު ދަތުރު ކުރަމުންދަނީ ލ. އަތޮޅާއި ދިމަލަށް ކަމަށެވެ. ލ. އަތޮޅުން ބައްޔަށް ޕޮސިޓިވްވި ދެމީހުން ސަފާރީން ބާލާނެ ކަމަށެވެ. އަދި އެމީހުން އައިސޮލޭޝަން އަށް ފަރުކޮޅުފުއްޓަށް ގެނެވޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް ނިންމާފައިވަނީ އެ ސަފާރީގައި ތިބި ފަޅުވެރިންނާއި އިތުރު ޓޫރިސްޓުން ހިމެނޭގޮތަށް އެންމެން ކަރަންޓީން ކުރުމަށް ކަމަށެވެ.

މަބްރޫކު މައުލޫމާތު ދެއްވި ގޮތުގައި ދެ ޓޫރިސްޓުން ޕޮޒިޓިވްވި އިރު ސަފާރީ އޮތީ ފުވައްމުލަކު ސިޓީ ހިމެނޭ ސަރަހައްދުގައި ކަމަށާއި އޭގެ ފަހުން މާލެ އައި މަގުމަތީގައި ކާއެއްޗެހި އެރުވުމަށް ގއ. ވިލިނގިއްޔަށް ބަނދަރު ކުރި ކަމަށް މަބްރޫކް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެރަށަށް އޭގެން އެއްވެސް މީހަކު ނުފައިބާ ކަމަށާއި ސަފާރީއަށް ކާބޯތަކެތި އެރުވީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ލ. އަތޮޅުގައި 28 ކަރަންޓީން ފެސިލިޓީ އަދި 22 އައިސޮލޭޝަން ފެސިލިޓީ ގާއިމްކޮށްފައިވާ ކަމަށް ރޭގެ މަބްރޫކް ވަނީ ވިދާޅުވެފައެވެ

އެ ދެމީހުން ލ. އަތޮޅާ ހިސާބުން ސަފާރީން ބޭލުމަށް ފަހު މާލެ ގެންނަނީ އިތުރަށް އެ ކޭސް މޮނިޓާ ކުރުމަށް ކަމަށް މަބްރޫކް ވިދާޅުވިިއެވެ.

އެ ސަފާރީގައި ތިބީ ކިތައް މީހުން ކަމެއް އަދި ހާމަކޮށްފައި ނުވާއިރު ސަފާރީގައި އެޗްޕީއޭގެ ޓީމެއް ދަނީ ހަރަކާތް ތެރި ވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *