އާވީ ނޭޗާސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓު (ދ. ދޫރެސް) އާއި ފޯ ސީޒަންސް ލަނޑަގިރާވަރު (ބ. ލަނޑާގިރާވަރު) އިން ތިން ބިދޭސީއެއްގެ ގައިން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ދެ ރިސޯޓު ވަގުތީގޮތުން ބަންދުކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ހާމަކޮށްފައިވަނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން،
ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައިވާކަމަށެވެ.

މީގެ އިތުރުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފޯރ ސީޒަން މޯލްޑިވްސް އިން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާޢި.

ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުވެސް މޮނީޓަރ ކުރުމަށް ބަންދުކުރެވިފައި ވާކަމަށެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.