ސްޕެއިން އިން މިއަދު އައި ދިވެއްސެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތަކެއް ފެނިގެން އޭނާ އެކަހެރިކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމީހާގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސްޕެއިންގައި ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނާތީ އެ ގައުމު އޮތީ ލޮކްޑައުންގައެވެ. އަދި އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުން ވެސް ވަނީ މަނާކޮށްފައެވެ. އެ ގައުމުން މިހާތަނަށް 7,700 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި 280 އަށްވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް އަށް ގައުމަކުން މީހުން އައުން ވަނީ މަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *