އައްސޭރި ޖަލުގެ ގައިދީން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ޕެޓިޝަން ދިރާސާކޮށް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ 13 ހުށައެޅުމަކާއި އެކު އެކުލަވާލި ރިޕޯޓު ފާސްކޮށްފިއެވެ.

މި ރިޕޯޓަކީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ސްޕޮންސަރ ކުރައްވައި، އައްސޭރި ޖަލުގެ 220 ޤައިދީންގެ ސޮއި ހިމަނައި، މއ.އާއިޝާ، ޙަސަން ސިނާން ހުށަހަޅާފައިވާ، "އައްސޭރި ޖަލުގައި ތިބި ޤައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް ފޮނުވާފައިވާ ޕެޓިޝަން" ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އެކުލަވާލި ރިޕޯޓެވެ.

މި މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ 13 ހުށައެޅުމެއް ރިޕޯޓުގައި ހިމަނާފައެވެ.

  1. ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑަށް ވަކި އޮފީހެއް ޤާއިމްކޮށް، އިތުރު މުވައްޒަފުންނާއި އަދި އިތުރު ވަޞީލަތްތައް ހޯދައިދިނުން މުހިންމުކަން
  2. ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑަށް ހުށަހެޅިފައިވާ ގިނަ ފޯމްތަކުގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާތީ، ވަގުތީ މުވައްޒަފުން ހޯދައިގެން ނަމަވެސް 31 ޖުލައިގެ ނިޔަލަށް ނިންމުމަށް
  3. ޕެރޯލްގެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް އެސް.އޯ.ޕީ އެއް ޤާއިމްކުރުމަށާއި އަދި ޕެރޯލް ދިނުމުގައި ޢަމަލުކުރާނެ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ފެތޭ އިވެލުއޭޝަން މިންގަނޑެއް 31 ޖުލައި 2021 ގެ ނިޔަލަށް ޤާއިމްކުރުމަށް
  4. ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑުތަކުގައި ތިއްބަވާ މެންބަރުންނަކީ އެހެނިހެން މަސްޢޫލިއްޔަތެއް އަދާނުކުރައްވާ ފުލް-ޓައިމް މެންބަރުން ކަމުގައި ކަނޑައެޅުމަށް ކަމާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން
  5. މުއައްސަސާތަކުގެ މަސައްކަތްތައް އަވަސްކުރުމަށް އެމުއައްސަސާތަކުން ލިބެންޖެހޭ ރިޕޯޓްތަކާއި އެހެނިހެން ލިޔެކިޔުންތައް ފަސޭހަކަމާއެކީ ކްލެމެންސީ ބޯޑަށާއި އަދި ޕެރޯލް ބޯޑަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  6. ރޯލްގެ ދަށުން މުޖްތަމަޢުއަށް ދޫކުރެވޭ ފަރާތްތައް މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ރަށު ކައުންސިލްތަކާއި އަދި އަތޮޅު ކައުންސިލްތައް ގުޅިގެން އުފެއްދުން މުހިންމުކަމަށް.
  7. ޖަލުތައް ފުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު ޖަލުތައް އެޅުން
  8. އައްސޭރި ޖަލުގެ ކުށް މަދު ގައިދީންނަށް މައާފުދޭން، ރައީސަށް އިލްތިމާސްކުރުމަށް
  9. ކޮމިއުނިޓީ-ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް
  10. ނަން- ކަސްޓޯޑިއަލް ސެންޓެންސް" ގެ ދަށުން ކުދި ކުށްކުރާ މީހުން މުޖުތަމަޢުއަށް ބޭނުންތެރި ޚިދުމަތެއް ކުރުމަށްފަހު އެ ކުރި ކުށަށް މަޢާފު ލިބޭނެ ނިޒާމެއް ޤާއިމްކުރުމަށް
  11. ބޭސް ސިޓީއެއް ނެތި ޤައިދީންނަށް ބައެއް ބޭސް ދޫކުރާ މައްސަލަ ބޮޑެވެފައިވާތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޒިންމާދާރުކަމާއެކީ ޖަލުތައް މޮނިޓަރކުރުމަށް
  12. ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ވީއެންމެ އަވަހަށް ގެނައުމަށް
  13. ޤައިދީންނަށް ޙައްޤުވާ ޕެރޯލް ދިނުމުގައި ގިނަ ދުވަސްތަކެއްވުމާއި އަދި ޕެރޯލް ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ވީއެންމެ އަވަހަށް ގެނައުމަށް

މި ހުށައެޅުންތައް ފާސްކުރުމަށް 23 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *