ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ޖަލުތަކުގައި ތިބި ގައިދީންގެ ރައްކާތެރިކަމަށް އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލުމާ ގުޅިގެން މާފުށީ ޖަލާއި މާލޭ ޖަލުގައި ހަމަނުޖެހުން ހިންގައިފިއެވެ.

މާފުށީ ޖަލު ބަލަހައްޓާ ކަރެކްޝަނުން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމުން އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލައި ގައިދީންނަށް ފޯނު ކޯލް އިތުރުކޮށްފަ އެވެ.

އަދި ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އިއްޔެ ވަނީ މައި ޖަލު ޑިސްއިންފެކްޓް ކުރަން ފަށާފަ އެވެ. އެ ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ގައިދީން ބޭނުންކުރާ ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރާނެ އެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ މާފުށީ ޖަލުގައި، ސީރިއަސް ކުށްތަކުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައިވާ ބައެއް މީހުން ޖަލު އޮފިސަރުންގެ ވާޖިބަށް ހުރަސް އަޅާ، ޖަލުގެ ޔުނިޓުތަކާއި ފާހާނާތަކާއި ކޮރިޑޯތައް ސާފުކުރުމަށް އެއްބާރުލުން ނުދީ ކުރިމަތިލާން މަސައްކަތް ކުރި ކަމަށެވެ.

އެ ހަމަނުޖެހުމުގައި ހަތަރު މީހަކާއި ފަސް އޮފިސަރަކަށް އެކި ވަރުގެ ކުދި އަނިޔާ ވެފައިވާކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް އަނިޔާވި މީހުނަށް ސިއްހީ ފަރުވާދީފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެފައި ވެއެވެ. އޭގެ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.މީގެ އިތުރުން ކަރެކްޝަންސްގެ ބައެއް އެއްގަމު އުޅަނދުތަކުގެ ބިއްލޫރިގަނޑު ތަޅާލައި، ބައެއް އިމާރާތްތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ. މިހާރު މި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.

މި ހަމަނުޖެހުންތަކަށް ފަހު، ޖަލު އޮފިސަރުންނަށާއި މުވައްޒަފުންނަށް ތަފާތު އިންޒާރުތައް ލިބެމުން އަންނަ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. ރޭގެ ވަގުތެއްގައި މާލޭ މަގުމަތިން ހިނގާފައި ދިޔަ ޖަލު އޮފިސަރަކަށް މަރުތޭލަކުން ހަމަލާދީފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. އަދި ހަމަލާދޭތަން ފެންނަ ވީޑިއޯއެއްވެސް ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.